ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު ސާފްކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތައް މިރަށު ފުޓްސަލް ދަނޑު އެތެރޭގައި ވަށައިގެން ހުރި ވިނަތައް ނަގައި ސާފްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 4 މޭ 2025ވާ އާދިއްތަ ދުވަހުގެ 13.00އަށް މިއިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މަސައްކަތް ކުރައްވާނެ ފަރާތެއް ހޮވުމުގައި ބަލާނީ ހުށަހަޅާ އެންމެ ކުޑަ އަގަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780034 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 އެޕްރީލް 2025
ހޯދާ