ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމާ ގުޅޭ

އިޢުލާން

ރަށުގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމާ ގުޅޭ

މިފަހަކަށް އައިސް، ރަށުގެ މަގުތައް ހަޑިވާގޮތަށް އަދި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި މަގުމަތީގައި ދުއްވާ އުޅަނދުފަހަރަށް ދަތިވާފަދަ ގޮތަށް، ބައެއް ފަރާތްތަކުން ގިނަ އަދަދެއްގެ ތަކެތި މަގުމަތީގައި ބަހައްޓަމުން ގެންދާކަން ފާހަގަކުރެވިފައިވެއެވެ.

މަގުމަތީގައި އެއްވެސް އެއްޗެއް ބަހައްޓަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެންކަމަށް ބަޔާންކުރާ މި ކައުންސިލުގެ ނަންބަރު 2013/R-1753 ޤަވާޢިދު 2013 ޑިސެންބަރު 13 ވަނަ ދުވަހު ވާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވެއެވެ. މި ގަވާއިދުގައި ވާގޮތުން، ރަށުގެ މަގުތަކުގައި އެއްވެސް ފަރާތަކުން އެއްޗެއް ބަހައްޓަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެންކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް މަގުތަކުގައި ތަކެތި ބަހައްޓާ ފަރާތްތަކަށް ދެވޭނެ އަދަބުތައް މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. (މި ގަވާއިދު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.)

އެހެންކަމުން، 29 އޭޕްރީލް 2025 (އަންގާރަ) އިން ފެށިގެން 15 މެއި 2025 (ބުރާސްފަތި) ވާ ދުވަހުގެ ހަވީރު 18:00 ގެ ކުރިން، އެއްވެސް ފަރާތަކުން ގަވާއިދާ ޚިލާފަށް މަގުތަކުގައި އެއްވެސް އެއްޗެއް ބަހައްޓާފައިވާނަމަ، އެ ތަކެތި ނެގުމަށް އަންގައި އިޢުލާންކުރަމެވެ. އަދި 15 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ފަހުން، ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ހުރިނަމަ، ތަކެތީގެ ވެރިފަރާތަށް ފިޔަވަޅު އެޅުމާއެކު އެފަދަ ތަކެތި ކައުންސިލުން ނަގައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިފަދަ ތަކެތި ކައުންސިލަށް ނެގުމުގެ ސަބަބުން އޭގެ ވެރިފަރާތަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

01 ޛުލްޤައިދާ 1446 ހ

29 އެޕްރީލް 2025
ހޯދާ