ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީގެ ނަންބަރ (IUL)23-HRD(LR)/23/2025/76 އިއުލާނަށް ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ،
އަލުން މި މަޤާމުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި
މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.
މަޤާމު |
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ |
||||||||||||||
މަޤާމުގެ ނަންބަރު |
J-280963 |
||||||||||||||
ބޭނުންވާ އަދަދު |
01 (އެކެއް) |
||||||||||||||
މަޤާމުގެ ގިންތި |
ދާއިމީ |
||||||||||||||
މަޤާމުގެ ރޭންކް |
އެމް. އެސް. 3 |
||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
||||||||||||||
ޑިވިޝަން/ ސެކްޝަން |
އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަން، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ސެކްޝަން، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޔުނިޓް |
||||||||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ހެލްތު |
||||||||||||||
މުސާރަ |
-/7,035 ރުފިޔާ |
||||||||||||||
ސަރވިސް އެލަވަންސް |
-/2,000 ރުފިޔާ |
||||||||||||||
އެހެނިހެން އެލަވަންސް |
|
||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1. އޮފީހުގެ ނެޓްވާރކަށް ދިމާވާ މައްސަލަތައް ހައްލުކޮށް، ނެޓްވާކް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 2. އޮފީހުގެ ފޯން ސިސްޓަމަށް ދިމާވާ މައްސަލައް ހައްލު ކުރުމަށްޓަކައި ދުރާލާ ރާވާ، މައްސަލަތައް ހައްލު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސަްކަތްތައް ކުރުން. 3. އޮފީހުގެ ފައިލްސްޓޯރޭޖާއި، ސާވާތަކަށް ދިމާވާ މައްސަލަތައް ބަލާ، ހައްލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން. 4. އޮފީހުގައި ހަރުކުރެވިފައިވާ ޑޯ އެކްސެސް ކޮންޓްރޯލާއި ވައިފައި ޑިވައިސްފަދަ ނެޓްވާކް އިކުއިޕްމަންޓްތައް ބަލަހައްޓާ ދިމާވާ މައްސަލަތައް ހައްލުކުރުން. 5. އޮފީހުގައި ބޭނުންކުރާ ޕްރިންޓާތަކާއި، ސްކޭންތަކާއި ފޮޓޯ ކޮޕީ މެޝިންތައް އިންސްޓޯލް ކުރުމާއި ދިމާވާ މައްސަލަތައް ގުޅުން ހުރި ފަރާތްތަކުގެ އެހީއާއި އެކުގައިހައްލުކުރުން. 6. މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިންގާ ހޮސްޕިޓަލްތަކަށް ހޯދަންޖެހޭ އައިސީޓީ ތަކެތީގެ ސްޕެސިފިކޭޝަން ތައްޔާރު ކުރުމާއި އިވެލުއޭޓް ކުރުން. 7. މުވައްޒަފުންނަށް ބޭނުންވާ އީމެއިލް އެސައިން ކުރުމާއި، އީމެއިލް ގެންގުޅުމާއި ގުޅޭގޮތުން ހަދަންޖެހޭ އުސޫލުތައްހަދާ ބެލެހެއްޓުން. 8. އައިޓީ ނެޓްވާކާއި ސެޓަޕްތައް ޑޮކިއުމަންޓްކޮށް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ބެލެހެއްޓުން. 9. އޮފީހުގެ ވެބްސައިޓަށާއި އެހެނިހެން އެޕްލިކޭޝަންތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން. 10. އޮފީހުގެ ފައިލްސާވާ އަށާއި ޑޮމެއިން ސާވާ އަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން. 11. އޮފީހުގެ އެހެނިހެން އެޕްލިކޭޝަންތައް ހޮސްޓް ކޮށްފައިވާ ސާވާތަކަށް ދިމާވާ މައްސަަލަތައް ބަލާ ހައްލުކުރުން. 12. މިނިސްޓްރީއާއި މިނިސްޓްރީ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓާތަކުގެ އައި.ސީ.ޓީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތައް ހަދާ، ސުޕަވައިޒަރުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން. 13. އޮފީހުގެ މަސައްކަތްތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް ޚިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް އަމިއްލައަށް އިސްނަގައިގެން ރާވާ، ރަނގަޅު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. 14. އޮފީހުގެ މަސައްކަތްތައް ޑިޖިޓަލައިސް ކުރުމަށް ކުރާ މަސައްކަތުގައި އިސްނަގާ، މަސައްކަތް ކުރަންޖެހޭ ފަރާތްތަކާއި ކޯޑިނޭޓް ކޮށްގެން މަސައްކަތް ކުރުން. 15. އޮފީހުގެ އީމެއިލް ސާވާ ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުން. 16. އައި.ޓީ ޑިވިޝަނުގެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ލޮޖިސްޓިކްސް މަސައްކަތްތައް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުން. 17. ސިއްޙީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން. |
||||||||||||||
މަޤާމުގެ ޝަރުތުތައް |
ނުވަތަ 2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ޙާސިލްކޮށްފައިވުން. |
||||||||||||||
ތަޢުލީމީ ރޮނގުތައް:
މަޤާމުގެ ޕްރޮފަރޑް ޑިސިޕްލިން: ނެތް މަޤާމުގެ ކޯ ޑިސިޕްލިން:
|
|||||||||||||||
ގުޅޭ ވަޒީފާގެ ދާއިރާ
|
|||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.) 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 08 މެއި 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ. |
||||||||||||||
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||
އިންޓަރވިއު (އިމްތިޙާނު،ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި،މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ،2025މެއި މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||||
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ޝީޓް) އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ. |
||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014408,3014407,3014409 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ |