ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ޢީދި ސަމާ 1446 ހަރަކާތްތަކުގެ ޕާޓްނަރުންނަށްވުމުގެ ފުރުސަތު ހުޅުވާލުން
1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 05 ޖޫން 2025 އިން 09 ޖޫން 2025ގެ ނިޔަލަށް 5 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން ޢީދު މުނާސަބަތުގައި ކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ޓްރެވެލް ޕާޓްނަރ، މީޑިއާ ޕާޓްނަރ، ޓެލެކޮމް ޕާޓްނަރ، ޑިޖިޓަލް ޕާޓްނަރ، އެކަމޮޑޭޝަން ޕާޓްނަރ، ކޭޓަރިންގ ޕާޓްނަރ އަދި ބެވަރެޖް ޕާޓްނަރަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެކުރިން އެއްކަރުދާސް ކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. މިޢިއުލާނާއި ގުޅިގެން ކެޓަގަރީ އަކަށް 1 ފަރާތައްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ، ފުރުސަތު ދެވޭނެ ފަރާތެއް ނިންމާނީ ހުށަހެޅިފައިވާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށްބަލައި މިއިދާރާއިންނެވެ. އަދި ހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މިންހަތު ޢަލީ 7793552 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ފޯމް: https://forms.gle/oE3eT7jnCxTFfcEh7
01 ޒުލްޤައިދާ 1446
29 އެޕްރީލް 2025