ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާދަނޑުބިމުގެ ސަރަހައްދުން ކުދި ޖަނަވާރު ގެންގުޅުމަށްބިން ކުއްޔަށް ދިނުން.
ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން ކުދި ޖަނަވާރު ގެންގުޅުމަށް ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް ނަންބަރު (PP)249-M/2025/1 އަށް 1 ވަނަ އިޞްލާޙް ގެނައުމާއި ގުޅިގެން މިކަމަށް ކުރި ނަންބަރ: (IUL)249-M/249/2025/35 އިޢުލާނާއި ބާތިލްކޮ އަލުން އިޢުލާން ކުރަމެވެ.
ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން ކުދި ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރުން |
29 އޭޕްރިލް 2025 އިން 06 މެއި 2025 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
07 މެއި 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
18 މެއި 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
1- ކުދި ޖަނަވާރު ގެންގުޅުމަށް ކުލީބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކެލާ ކައުންސިލު ނަންބަރު (PP)249-M/2025/1 (ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން ކުދި ޖަނަވާރު ގެންގުޅުމަށް ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް ) އުޞޫލުގައި ބަޔާން ކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.
2- ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
3- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]
29 އޭޕްރިލް 20250202