މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާށިދޫގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުތަކުގައި ކުޅޭސެޓްތައް އިންސްޓޯލްކުރުން

މި ކައުންސިލުން މިރަށުގައި ތަރައްޤީކުރަމުން ގެންދާ ކުޑަކުދިންގެ 2 ޕާކުގައި މި އިދާރާއިން ދޭ ކުޅޭ ސެޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް، މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން -/100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. ބީލަމަށް ރަޖިސްޓްރީވާން އެދޭ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމަށް ރަޖިސްޓްރީވާން އެދޭ ފޯމު ނަންގަވައި ފުރުއްވުމަށްފަހު، 04 މެއި 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީއާއި ބީލަމުގައި ބައިވެރިވުމަށް ފީ ދެއްކި ރަސީދާއެކު، ބީލަމަށް ރަޖިސްޓްރީވާން އެދޭ ފޯމު، ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެހަށް އީމެއިލްކުރެއްވުން އެދެމެވެ.

        މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ރާއްޖޭގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބީލަމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

        ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބީލަމަށް ރަޖިސްޓްރީވުމަށްފަހު 08 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގައި ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 އެޕްރީލް 2025
ހޯދާ