މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ކާށިދޫ ޤަބުރުސްތާން އަދި ނިޢުމާ މިސްކިތް ގޯތިތެރެ ނޮޅާ ސާފުކޮށް ފަރާތެއް ހޯދުމަށް ކޮށްފައިވާ 22 ވަނަ ނަންބަރު އިޢުލާނު ބާތިލު ކުރުމަށްފަހު އަލުން އިޢުލާން ކުރުން
މިރަށު ޤަބްރުސްތާނުގައި ރާނާފައިވާ ވަށާފާރުގެ އެތެރެ އަދި ނިޢުމާ މިސްކިތުގެ ގޯތިތެރެ، މި އިދާރާއިންދޭ ތާވާލް އާއި އެއްގޮތަށް ކޮންމެ ދެމަހުން އެއްފަހަރު ނޮޅާ ސާފުކޮށް ކުނިތައް އުކާލަ ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ
- މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2024/19)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ 05 މެއި 2025 ވާ ހޯމަދުވަހުގެ 12:00 ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ، 200.00 (ދުވިސައްތަ) ރުފިޔާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވުނު ކަމުގެ ލިޔުން އެފަރާތަކަށް ހަވާލުކުރެވޭނެއެވެ.
- މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުން އޮންނާނީ 06 މެއި 2025 ވާ އަންގާރަ ދުވަހުގެ 11:00ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓީން ރޫމްގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ 15 މެއި 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6640496 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
28 އެޕްރީލް 2025
ހޯދާ