ދިވެހިރާއްޖެ
ނެޓްވޯރކް ސެކިއުރިޓީ އަޕްގްރޭޑްކޮށް އައުކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު
މިޑިޕާރޓްމަންޓުގެ ނެޓްވޯރކް ސެކިއުރިޓީ އަޕްގްރޭޑްކޮށް އައުކުރުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ހުޅުވާލަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 08 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 11 މެއި 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާތިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
29ޝައްވާލު 1446
28 އޭޕްރީލް 2025