މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ރ އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ މުބާރާތްތައް ހޯސްޓްކޮށްދޭނެ ފަރާތްތައް ހޯދުމާއި ބެހޭ

ސުރުޚީގައި ދެންނެވިފައިވާ މުބާރާތްތައް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުތަކާއެއްގޮތަށް ހިންގައިދޭނެ ފަރާތެއް ހޯދުމަށްކުރެވުނު ނަމްބަރ (IUL)229-BD/229/2025/5 (16 މާރޗް 2025) ގެ އިޢުލާނާއިގުޅިގެން ހުށައެޅުނު ޕްރޮޕޯސަލްތަކުގެ އަގު ބޮޑުކަމަށްފެންނާތީ އެ ޕްރޮޕޯސަލްތައް ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތްތައް ހިންގައިދިނުމަށް ފުރުޞަތު ހުޅުވާލެވިފައިމިވަނީ ރ. އަތޮޅުގެ ރަށުކައުންސިލްތަކާއި ރ. އަތޮޅުގެ ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކަށް ކަމުގައި ދަންނަވަމެވެ. ކުލަބުޖަމުޢިއްޔާ ޖަމާއަތަކުން މި މިމުބާރާތް ހިންގައިދިނުމަށް އެދި ޕްރޮޕޯސަލް ހުށައަޅުއްވާއިރު އެރަށެއްގައި، އެޖަމާޢަތަކުން ތިރީގައި ބަޔާންކުރެވުނު މުބާރާތް ހިންގުމާމެދު ރަށުކައުންސިލްގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީއާއިއެކު ހުށައެޅުއްވުން އެދެމެވެ.
2025 ވަނަ އަހަރު ރ އަތޮޅު ކައުންސިލުން ޖުމްލަ 4 މުބާރާތެއް ބޭއްވުމަށް ވަނީ ނިންމަވާފައެވެ. އެ މުބާރާތްތަކާއި މުބާރާތްތައް ބޭއްވުމަށް ނިންމަވާފައިވާ ތާރީޚްތައް ތިރީގައި އެވަނީއެވެ.

އަރުތަ ހޭންޑްބޯލް މުބާރާތް 2025: 15 ޖޫން 2025
އަރުތަ ފުޓްސަލް މުބާރާތް 2025: 01 އޯގަސްޓް 2025
އަތޮޅު ޤުރުއާން މުބާރާތް 2025: 04 ސެޕްޓެމްބަރ 2025
އަރުތަ ވޮލީބޯލް މުބާރާތް 2025: 01 އޮކްޓޯބަރ 2025

ވީމާ، މި މުބާރާތް ހިންގައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރަށްވާ 07 މެއި 2025 ވާ (ބުދަ) ދުވަހުގެ 12:00 އަށް މިއިދާރާ މެއިލްކޮށްދެއްވުން އެދެމެވެ. ކޮންމެ މުބާރާތަކަށް ވަކިން ބިޑްރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް އަދި އަދިޕްރޮޕޯސަލް ހުށައަޅުއްވާނީވެސް ކޮންމެ މުބާރާތަކަށް ވަކިންނެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 18 މެއި 2025 ވާ ( އާދިއްތަ ) ދުވަހުގެ 12:00 ށް މި އިދާރާއަށެވެ. ބިޑްރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.
ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި އަދި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

28 އެޕްރީލް 2025
ހޯދާ