| 
   
އެންޓިކޮރަޕްޝަން ކޮމިޝަން 
މާލެ، 
ދިވެހިރާއްޖެ 
 | 
   
  
 | 
| 
 މި ކޮމިޝަނުގެ ހުސްވެފައިވާ އިންވެސްޓިގޭޝަން އޮފިސަރ ގްރޭޑް 2 ގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ. 
 | 
| 
 ވަޒީފާގެ ފުރުޞަތު 
 | 
 ތާރީޚް: 
 | 
 30 ޝައްވާލު 1446 
28 އެޕްރީލް 2025 
 | 
| 
 ނަންބަރު: 
 | 
 (IUL)123-HR/123/2025/24 
 | 
| 
 މަޤާމް: 
 | 
 އިންވެސްޓިގޭޝަން އޮފިސަރ 
 | 
| 
 ކްލެސިފިކޭޝަން: 
 | 
 އިންވެސްޓިގޭޝަން އޮފިސަރ ގްރޭޑް 2 
 | 
| 
 ވަޒީފާގެ ބާވަތް: 
 | 
 ދާއިމީ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން: 
 | 
 އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ 
 | 
| 
 މުސާރަ: 
 | 
 -/15000 (ފަނަރަ ހާސް ރުފިޔާ) 
 | 
| 
 ޑެއިލީ އެލަވަންސް: 
 | 
  368/-    (ތިންސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ) 
 | 
| 
 އޯވަރޓައިމް އެލަވަންސް: 
 | 
 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 (އެކެއް) 
 | 
| 
 މަޤާމުގެ ޝަރުޠު 
 | 
- އިންވެސްޓިގޭޝަން އޮފިސަރ ގްރޭޑް 1 ގެ މަޤާމުގައި 03 އަހަރު ދުވަހު އުޅެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ފާއިތުވި 03 އަހަރުގެ އެވްރެޖް 80 އިންސައްތައަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ފާއިތުވި އަހަރު 80 އިންސައްތަ އަށްވުރެ މަތިން ޕޮއިންޓް ލިބިފައިވުން. ނުވަތަ  
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 09 ގެ ސަނަދެއް ހާސިކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 07 ގެ ސަނަދެއް ޙާޞިލުކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 04 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.
 
- އުމުރުން 55 އަހަރު ވެފައިނުވުން.
 
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
 
 
- މިމަޤާމަށް މީހުން ނެގުމުގައި އެކައުންޓިންގ އަދި އޮޑިޓިންގ ހަދާފައިވާ ފަރާތްތަކަށް އަދި  މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ތަމްރީނު ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
 
 
 | 
| 
 މަޤާމާއި ގުޅޭ ދާއިރާތައް: 
- އިންވެސްޓިގޭޝަން
 
- އެޑްމިނިސްޓްރޭޝަން
 
- ޤާނޫނު
 
- އެކައުންޓިންގ
 
- ފައިނޭންސް
 
- ޝަރީޢާ
 
- ޝަރީޢާ އެންޑް ލޯ
 
- ފޮރެންސިކް
 
- އޮޑިޓިންގ
 
 
  
މަޤާމުގެ ތަޢުލީމީ ރޮނގުތައް: 
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
 
- ބިޒްނަސް މެނޭޖްމަންޓް
 
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
 
- އެންޓި ކޮރަޕްޝަން ސްޓަޑީޒް
 
- ޤާނޫނު
 
- ޝަރީޢަތާއި ޤާނޫނު
 
- އެކައުންޓިންގ
 
- ފައިނޭންސް
 
- ފޮރެންސިކް އެކައުންޓިންގ
 
- އޮޑިޓިންގ
 
- ޕަބްލިކް ފައިނޭންސް
 
- ފައިނޭންޝަލް މެނޭޖްމަންޓް
 
- ފައިނޭންޝަލް މާކެޓިންގ
 
- ފައިނޭންޝަލް ޕްލޭނިންގ
 
- ކޯޕަރޭޓް ފައިނޭންސް
 
- ބޭންކިންގ
 
- އިސްލާމިކް ފައިނޭންސް
 
- ފައިނޭންޝަލް އިންޖިނިއަރިންގ
 
- ފައިނޭންޝަލް އިކޮނޮމިކްސް
 
- ފިލޯސަފީ އެންޑް އެތިކްސް
 
- ގަވަރނަންސް
 
- ކްރިމިނަލޮޖީ
 
 
 | 
| 
 މައިގަނޑު މަސައްކަތް: 
 | 
- ކޮމިޝަނުން ތަޙުޤީޤުކުރުމަށް ކަނޑައަޅާ މައްސަލަތައް ކޮމިޝަނުގެ ޤަވާޢިދާއި ތަޙުޤީޤުކުރުމުގެ އުސޫލާ އެއްގޮތަށް ބަލައި ތަޙުޤީޤުކުރުން.
 
- ކޮމިޝަނުން ތަޙްޤީޤުކުރުމަށް ކަނޑައަޅާ މައްސަލަތަކާ ގުޅިގެން، ދައުލަތުގެ ތަންތަނާއި އަމިއްލަ ތަންތަނަން ގޮސް ލިޔެކިޔުމާއި ތަކެތި ހޯދުން.
 
- ކޮމިޝަނުން ތަޙްޤީޤުކުރުމަށް ކަނޑައަޅާ މައްސަލަތަކާ ގުޅިގެން، ބަޔާން ނަގަންޖެހޭ ފަރާތްތަކުގެ ބަޔާން ނެގުން.
 
- ކޮމިޝަނުން ތަޙްޤީޤުކުރުމަށް ކަނޑައަޅާ މައްސަލަތަކާ ގުޅިގެން، އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ބައިވެރިވެ، މައްސަލަތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބަލައި ތަޙްޤީޤުކުރުން.
 
- އިންވެސްޓިގޭޝަން ޓީމެއްގެ ލީޑަރެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ، ޓީމު ލީޑަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ކުރުން.
 
- ކޮމިޝަންގެ ޕްރިވެންޝަން ޑިޕާޓްމަންޓްގެ މަސައްކަތްތަކުގައާއި ލީގަލް ޑިޕާޓްމަންޓްގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
 
 
 | 
| 
 މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު 
 | 
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
 
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ  )
 
- އިމްތިހާނު ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
 
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
 
  | 
| 
 އެޕްލިކޭޝަން ސުންގަޑި: 
 | 
 06 މޭ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. 
 | 
| 
 ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި 
 | 
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
 
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
 
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
 
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. (މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ)
 
  | 
| 
 އިތުރު މަޢުލޫމާތު 
 | 
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
 
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
 
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފަޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
 
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
 
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި ޕްރޮބޭޝަން މުއްދަތު ހަމަވުމުން އެ މުއްދަތު ހިމެނޭ ގޮތުން 01 (އެކެއް) އަހަރު ދުވަހުގެ ވަގުތީ އެއްބަސްވުމެއްގައި ކޮމިޝަނާއި ވަޒީފާއަށް ހޮވޭ ފަރާތާ ދެމެދު ސޮއިކުރެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ވަޒީފާއަށް ހޮވުނު ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްކަމުގައި ނުވާނަމަ، ވަގުތީ އެއްބަސްވުން ބާޠިލުކުރެވޭނެއެވެ.
 
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
 
  | 
| 
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 
ފޯނު ނަންބަރު: 3015217 / 3015265 
އީމެއިލް: [email protected] 
 |