ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުން

"ވ.ފެލިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު 2025" ގައިވާ ގޮތުގެ މަތިން ގޯތިދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމަށް އާއްމު ރައްޔިތުންގެ ތެރެއިން 2 ބޭފުޅުން ބޭނުންވެއެވެ.

އާއްމު ރައްޔިތުންގެ ތެރެއިން ކޮމެޓީގެ މެންބަރު ހޮވުމުގައި އިސްކަންދޭނީ ގޯތި ލިބިފައިވާ ފަރާތްތަކަށެވެ. އަދި 2 މީހުންނަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ 2 މެންބަރުން ހޮވުމުގައި ތަޢުލީމީ ފެންވަރާއި، މިފަދަ މަސައްކަތްތައް ކުރުމުގެ ޤާބިލްކަން ހުރި ފަރާތްތަކަށް ބަލާނެއެވެ.

ވީމާ، "ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ" ގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 07 މެއި 2025 ވާ ބުދަ ދުވަހުގެ 10:00 ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

28 އެޕްރީލް 2025
ހޯދާ