ދިވެހިރާއްޖެ
އިޢުލާން
ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:
ރ.ދުވާފަރު 11.07 ނަމްބަރުގޭ ރ. ކަނދޮޅުދޫ ރޯޝަނީގެ އަލްފާޟިލް ޙަސަން އަޙްމަދުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށް އެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2025 މެއި 06 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.
މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 11.07 ނަމްބަރުގޭ ރ. ކަނދޮޅުދޫ ރޯޝަނީގެ އަލްފާޟިލް ޙަސަން އަޙްމަދުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
30 ޝައްވާލް 1446
28 އޭޕްރީލް 2025