ދިވެހިރާއްޖެ
އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 3 ވަނަ ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން:
މިމުބާރާތަކީ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ރަށުގެ ރައްޔިތުންނަށް ޙާއްސަކޮށް ބޭއްވޭ މުބާރާތެކެވެ. އެގޮތުން މުބާރާތުގައި ހުރިހާ އުމުރަކަށް ބައިވެރި ވެވޭނެއެވެ. މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެވެސް 1 ގޮފީގައެވެ. ހިތުން ބައިވެރިވާ ބައިވެރިންނަށް ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރި ނުވެވޭނެއެވެ.
މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 މެއި 22 ވާ ބުރާސްފަތި ދުވަހުއެވެ. މުބާރާތުގެ މުޤައްރަރު ތިރީގައި އެވަނީއެވެ.
# |
ކީސްޓޭޖްތައް |
ބަލައިގެން |
ނުބަލާ |
||
ފެށޭކޮޅު |
ނިމޭކޮޅު |
ފެށޭކޮޅު |
ނިމޭކޮޅު |
||
1 |
ބޭބީ ނާސަރީ، ނާސަރީ |
ބޭނުން ސޫރަތެއް |
|
|
|
2 |
އެލްކޭޖީ، ޔޫކޭޖީ |
ޟުހާ އިން ތިރި |
|
|
|
3 |
ކީ ސްޓޭޖް 1 |
ފުރަތަމަ 3 ފޮތް |
ފަހު 3 ފޮތް |
1 ވަނަ ފޮތް |
30 ވަނަ ފޮތް |
4 |
ކީ ސްޓޭޖް 2 |
ފުރަތަމަ 7 ފޮތް |
ފަހު 7 ފޮތް |
ފުރަތަމަ 3 ފޮތް |
ފަހު 3 ފޮތް |
5 |
ކީ ސްޓޭޖް 3 |
ފުރަތަމަ 10 ފޮތް |
ފަހު 10 ފޮތް |
ފުރަތަމަ 5 ފޮތް |
ފަހު 5 ފޮތް |
6 |
ކީ ސްޓޭޖް 4 (18އަހަރުން ދަށް) |
ފުރަތަމަ 15 ފޮތް |
ފަހު 15 ފޮތް |
ފުރަތަމަ 7 ފޮތް |
ފަހު 7 ފޮތް |
7 |
18 އަހަރުން މަތި (ޢާއްމުންގެ ބައި) |
ފުރަތަމަ 20 ފޮތް |
ފަހު 20 ފޮތް |
ފުރަތަމަ 10 ފޮތް |
ފަހު 10 ފޮތް |
އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 މެއި 11 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގައި ބައިވެރި ވުމަށް އެދޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމްގެ ލިންކް އަދި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އާންމު ކުރީމެވެ.
ފޯމްލިންކް: މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް
ޤަވާއިދު: ޤުރުއާން މުބާރާތުގެ ޤަވާޢިދު
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.