ދިވެހިރާއްޖެ
މި ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށްމ.ރަތްމަންދޫ "މަސްޖިދުއްނަހުޟާ" މިސްކިތު ކުރިމަތީގައި މިހާރު ހުރި 3 ކުޑަދޮރާއި 2 ބޮޑުދޮރު ނައްޓައި ދޮރުދާރަތައް ހަދައި ދޮރުތައް އެލުމެނިއަމުން ޖަހައި އެދޮރުތައް ހަރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާބެހޭ މަޢުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 07 މޭ 2025 ވަނަދުވަހު 13:00 ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ. އީމެއިލް މެދިވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން އީމެއިލް ކުރާނީ މިއިދާރާގެ [email protected] އަށެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ 15 މޭ 2025 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މިއިދާރާއަށް ހާޒިރުވެ އެކަމަށް ކަނޑައެޅިފައިވާ ބައްދަލްވުމުގައެވެ. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު ގެޒެޓް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުންވެސް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކަނޑައެޅިފައިވާ ގަޑިއަށް ކައުންސިލް އިދާރާއަށް ހާޟިރުވެގެންނެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު (2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެ އަސްލު ގެންނަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޟިރުވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީގެ އިތުރަށް ވެރިފަރާތުގެ ސިޓީއަކާ ބަދަލުގައި ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ގެ އަސްލު ގެންނަންވާނެއެވެ.