މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ. ޅައިމަގު ކައުސިލްއިދާރާގެ އައުއިމާރާތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން
- މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ޅައިމަގު ކައުންސިލްއިދާރާގެ އައުއިމާރާތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލަމެވެ.
- މިބީލަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2025 މެއި 5 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ގެޒެޓް ކޮށްފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.
- މިބީލަމާއިގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. ބީލަމަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުން އެފަރާތަކަށް މަޢުލޫމާތުތައް މެއިލްކޮށްދެވޭނެއެވެ. އިތުރު މަޢުލުމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6540051 އަށް ގުޅުއްވުންއެދެމެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 މެއި 11 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅާއިއިރު، ބީލަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހަޅާ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު 11:00 ގައެވެ.
28 އެޕްރީލް 2025
ހޯދާ