ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ދަނޑުބިމުގެ ސަރަހައްދުން ކުދި ޖަނަވާރު ގެންގުޅުމަށް ކުލީބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް (01 ވަނަ އިޞްލާޙް)

 

1. ތައާރަފް އާއި ނަން

މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން   ހިންގުމުގެ  ޤާނޫނު)ގެ 151 ވަނަ މާއްދާއިން ތިލަދުންމަތީ އުތުރުބުރީ ކެލާކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ހެދިފައިވާ އުސޫލެކެވެ.

މި އުޞޫލުގެ ތެރެއިން އަލަކޯރު ކޮނުމަށް ދޫކުރާ ބިން ފިޔަވައި އެހެން ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ކުލީބިމުގެ ގޮތުގައެވެ.

މި އުޞޫލަށް ކިޔާނީ "ހއ. ކެލާ ދަނޑުބިމުގެ ސަރަހައްދުން ކުދި ޖަނަވާރު ގެންގުޅުމަށް ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު" މިހެންނެވެ.

 

2. މަޤްސަދު

މި އުސޫލުގެ މަޤްސަދަކީ ގެރިބަކަރި އަދި ކުކުޅުފަދަ ކުދި ޖަނަވާރު ގެންގުޅުމަށް ޝަޢުގު ވެރިކަން ހުންނަ ފަރާތްތަކަށް ވިޔަފާރި އުޞޫލުން އެކަންކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.  

 

3. އަމަލު ކުރަންފަށާ ތާރީޚް

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިޢުޞޫލް ޢާންމުކޮށް ސަރުކާރު ގެޒެޓްގައި ޝާއިއުކުރާ ފެށިގެންނެވެ.

 

4. ކުދި ޖަނަވާރު ގެންގުޅުމަށް ބިން ދޫކުރުން

(ހ) މި އުޞޫލްގެ ތެރެއިން ކުދި ޖަނަވާރު ގެންގުޅުމަށް ބިން ދޫކުރަންވާނީ ބީލަމުގެ އުޞޫލުން އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް ބިން ލިބޭ ގޮތަށެވެ.

(ށ) އަދި ބިން ދޫކުރުމަށް ހުޅުވާލެވޭ ބީލަމުގައި އަންނަނިވި މަޢުލޫމާތުތައް ކޮންމެހެން ހިމަނަންވާނެއެވެ.

1. ބީލަމުގެ އުޞޫލުން ބިމެއް ކުއްޔައް ދޫކުރާއިރު މާލިއްޔަތު ގަވާއިދުގައި ބުނާ އެންމެހާ މަޢޫލޫމާތު ފުރިހަމަވޭތޯ ޔަޤީންކުރުން

 

5. ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުން

ކުދި ޖަނަވާރު ގެންގުޅުމަށް ހުޅުވާލެވޭ ބީލަމުގައި ބައިވެރި ވެވޭނީ އަންނަނިވި ސަރުތުތައް ފުރިހަމަވާ މީހުންނަށެވެ.

(ހ) ހއ. ކެލާގެ ރައްވެއްސެއްކަމުގައި ކަމުގައި ވުން

(ށ) އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން

(ނ) ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތެއްކަމުގައި ވުން

 

6. ކުއްޔައް ދޫކުރެވޭ ބިން

(6 ވަނަ މާއްދާގެ (ނ) އިސްލާހު ކުރެވިފައި)

     (ހ) ކުދި ޖަނާވާރު ގެންގުޅުމަށް ދޫކުރެވޭ ބިން އޮންނާނީ ހއ.ކެލާ ދެކުނުކޮޅު ދަނޑުމަތި އިރުމަތީ ފަރާތު ކަނޑޫފަލުގެ އައްސޭރިއަށް ވާގޮތަށެވެ.

     (ށ) މި އުޞޫލުގެ ތެރެއިން ކުދި ޖަނަވާރު ގެންގުޅުމަށް ދޫކުރަން ހަމަޖެހިފައިވަނީ 5000 ( ފަސްހާސް) އަކަ ފޫޓުގެ ބިންތަކެކެވެ.

     (ނ) އަދި މި އުޞޫލުގެ ދަށުން ކުއްޔައް ބިން ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ ގިނަވެގެން މީލާދީން 15 އަހަރު ދުވަހެވެ.  

    

7. ބިން ބޭނުން ކުރުން

(ހ) މި އުޞޫލުގެ ތެރެއިން ދޫކުރެވޭ ބިންތައް ބޭނުން ކުރަންވާނީ ކުދި ޖަނަވާރު ގެންގުޅުމުގެ ބޭނުމަށެވެ. އަދި މިނޫން ކަމަކަށް މި ބިން ބޭނުންކޮށްގެން ނުވާނެއެވެ.  

(ށ) މި ބިންތައް ދޫކުރެވޭ ސަރަހައްދަކީ ގަސްރުއް ހެދިފައިވާ ސަރަހައްދަކައްވާތީވެ، އެ ބިމުގައި ހެދިފައިވާ ރުއްގަހައް އެއްވެސް ގެއްލުމެއްދީގެން ނުވާނެއެވެ.

(ނ) އަދި ކުއްޔައް ހިފާ ދަނޑުގައި ހުރި ރުއްގަސް ކަނޑަން ބޭނުންވާފަރާތްތަކުން އެރުއްގަހުގެ ވެރިންނަން ބަދަލު ދިނުމަށް ފަހު ރުއްގަސް ކެނޑުން މި އުޞޫލު ހުރަހެއް ނާޅައެވެ.

(ރ) ކުއްޔައް ބިން ހިފާފަރާތުން އެ ބިމުގައިވާ ރުއްގަސް ނަގަން ބޭނުންވެއްޖެ ހިނދެއްގައި އެބިމުގައިވާ ރުއްގަސް އަގު ކޮށްދިނުމާއި އަދި ނެގޭނެ އިންތިޒާމު ކެލާ ކައުންސިލުން ހަމަޖައްސައި ދޭންވާނެއެވެ.

(ބ) އަދި މިގޮތަށް ކުދި ޖަނަވާރު ގެންގުޅުމަށް ދޫކުރެވޭ ބިން ތިންވަނަ ފަރާތަކަށް ކުއްޔައް ދިނުމާއި އަދި ކުއްޔަކާއި ނުލާ ކަމުގައި ވިޔަސް ދިނުމަކީ މި އުޞޫލް ހުއްދަ ކުރާ ކަމެއް ނޫނެވެ.

 

8. ކުދި ޖަނާވާރު ބެލެހެއްޓުން

(ހ) ކުދި ޖަނަވާރު ގެންގުޅުމަށް ދޫކުރެވިފައިވާ ބިމުގައި ޖަނަވާރު ގެންގުޅެންވާނީ ކޮށި އަޅާ ބަންދުކޮށްގެންނެވެ.

(ށ) އަދި މި ފަދަ ޖަނަވާރުތަށް ކޮށިންނެރެ ބޭރުގައި ގެންގުޅޭނަމަ ގެންގުޅެންވާނީ މީހުންހުން އިންދާ ހައްދަމުންދާ ތަކެއްޗައް ގެއްލުންނުވާނެގޮތަށެވެ.

(ނ) އަދި މިގޮތަށް ކޮށިންބޭރުގައި ޖަނަވާރު ގެންގުޅުމުގައި އެތަކެތީގެ ސަބަބުން އެހެންމީހެއްގެ މުދަލައް ގެއްލުމެއް ލިބިއްޖެނަމަ އެ ލިބުނު ގެއްލުމުގެ ޒިންމާ ޖަނަވާރު ގެންގުޅޭ ފަރާތުން އުފުލަންވާނެއެވެ.

(ރ) ޖަނަވާރު ގެންގުޅޭ ކޮށީގައި އުފެދޭ ކުނި އުކާލަން ވާނީ ކުނިކޮށި ނުވަތަ ކައުންސިލުން ދައްކާތަނަކަށެވެ.

(ބ) ޖަނަވާރު ހއ.ކެލާ އަށް އެތެރެކޮށް ގެންގުޅެން ވާނީ އެކަމަށް ހެދިފައިވާ ޤާނޫންތަކާއި ޤަވާއިދު ތަކުގެ މަތިން ހޯދަންޖެހޭ އެންމެހާ ހުއްދަތަށް ހޯދުމަށް ފަހުއެވެ.

(ޅ) އަދި މިގޮތުން ޖަނަވާރު ގެންގުޅުމަށް ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަކީ ބިން ކުއްޔައް ހިފާ ފަރާތުގެ ޒިންމާއެކެވެ.

(ކ) އަދި ޖަނވާރު ގެންގުޅޭ ބިމަށް ބޭނުންވާ ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ޚިދްމަތްތައް ހޯދުމަކީ ބިން ކުއްޔައް ހިފާ ފަރާތުގެ ޒިންމާއެކެވެ.

 

 9. އުޞޫލާއި ޚިލާފުވުން

(ހ) މި އުޞޫލާއި ޚިލާފުވާ ފަރާތްތަކައް ފުރަތަމަ ފަހަރު ލިޔުމުން ނެސޭހަތް ދޭންވާނެއެވެ.

(ށ) ލިޔުމުން ނަސޭހަތް ދީ އެކަން އިސްލާހް ކޮށްފައި ނުވާނަމަ އެކަން ރަނގަޅުކުރުމަށް ލިޔުމުން (3) ދުވަހުގެ ނޯޓިސްދޭންވާނެއެވެ.

(ނ) އަދި ދެވިފައިވާ މުއްދަތުގެ ތެރޭ ރަނގަޅުކޮށްފައި ނުވާނަމަ 500 (ފައްސަތޭކަ) ރުފިޔާ އާއި 1،000 (އެއްހާސް) ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަންވާނެއެވެ.

(ރ) ޖޫރިމަނާ ދެއްކުމަން އަންގާފައިވާ މުއްދަތުގެ ތެރޭ ޖޫރިމަނާ ފައިސާ ކައުންސިލަށް ދައްކާފައި ނުވާނަމަ ކުދި ޖަނަވާރު ގެންގުޅުމަށް ދޫކޮށްފައިވާ ބިމުގެ އެއްބަސްވުން ބާތިލްކޮށް ބިން ދޫކުރެވިފައިވާ ފަރާތުން ބިން ވަކިކުރުމުގެ އިޚްތިޔާރު ކެލާ ކައުންސިލަށް ލިބިގެންވެއެވެ.

(ބ) އަދި މި އުޞޫލާއި ޚިލާފުވެގެން ބިމުގެ އެބަސްވުން ބާތިލްކޮށް ބިން ކުއްޔައް ހިފި ފަރާތުން ބިންވަކިކުރާއިރު އެ ބިމުގައި ކޮށްފައިވާ މަސައްކަތަށް ބަދަލު ދޭން ނުޖެހޭނެއެވެ. 

28 އެޕްރީލް 2025
ހޯދާ