މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑްސް" އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން

      މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމްބަރު: IUL)427-OPR/1/2025/11)،

އިޢުލާން "މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑްސް 2024" އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން، އިޢުލާން ބާތިލްކޮށް، މި މަސައްކަތް ކޮށްދިނުމުގެ އުސޫލަށް ބަދަލެއް ގެނައުމަށްފަހު،

މި މަސައްކަތައް އަލުން އިއުލާން ކުރެމެވެ.

 އިޢުލާނު

 "މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑްސް" އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވަމުންގެންދާ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024" ބޭއްވުމުގެ ހުރިހާ އިންތިޒާމެއް އަމިއްލަ ޚަރަދުގައި ރާވައި ހިންގައިދޭނެ ފަރާތެއް (އިވެންޓް އޯގަނައިޒަރ) ހޯދުމަށް ބޭނުންވެއެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ  މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި  ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މިއިޢުލާނާ ގުޅޭ މަޢުލޫމާތު  ކަރުދާސް  މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ.

 

ބިޑް ޕްރޮޕޯސަލް ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ތަކެތި

 

  1. މަސައްކަތްކުރުމަށް ޝައުގުވެރިވާކަން ފާޅުކޮށް ހުށަހަޅާ ލެޓަރ އޮފް އިންޓެންޓް.
  2. ވަޑައިގަންނަވާ ފަރާތުގެ މައުލޫމާތު ނުވަތަ ޕްރޮފައިލް.
  3. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ.
  4. ލިބިފައިވާ ތަޖުރިބާ އާއި ގުޅުންހުރި ލިޔުންތައް.
  5. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ލިޔުމުގެ ކޮޕީ/ ޖީ.އެސް.ޓީ ރަޖިސްޓަރ ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ.

 

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

10:00

ބުދަ

   30 އެޕްރީލް 2025

މަޢުލޫމާތު ސާފުކުރުން

10:00

  އާދިއްތަ 

   11 މޭ 2025

އަންދާސީ ހިސާބު ހުށަހެޅުން

އީމެއިލް: [email protected] / [email protected]

3334332 / 3334327

 

އިތުރު މަޢުލޫމާތު  ސާފުކުރެއްވުމަށް

 

 

 

28 އެޕްރީލް 2025
ހޯދާ