ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން.

ފުވައްމުލަކު ދޫނޑިގަން އަވަށު ކުދިފޭރު ގޯޅި އަދި ކުދިފޭރުގެ ގޯއްޗާއި އިންވެގެން އޮތް ހުސްބިމުގައި ނަންބަރު 01 އަދި 02 ޖަހާފައިވާ ދެރުކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިދެރުކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2025 މޭ 04 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިއުމަކާއި އެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

27 އެޕްރީލް 2025
ހޯދާ