ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ މަގުފަޅި ކުނިކަހައި ސާފުކުރުމާބެހޭ

        އިޢުލާނު

ގޯތިތަކުގެ މަގުފަޅި ކުނިކަހައި ސާފުކުރުމާބެހޭ

ރަށުގެ ގޯތިތަކާއި މަގުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަކީ މިކައުންސިލްގެ މަގުމަތި ކުނިކެހުމުގެ ޤަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ގޯތީގެ ވެރިފަރާތުން ކުރަންޖެހޭ ކަމެކެވެ. އަދި ރަށުގެ ޢާންމު ސާފުތާހިރު ކަމަށް މުޙިއްމު ކަމެއްވެސް މެއެވެ.

އެގޮތުން، ރަށުތެރެ ސާފު ތާހިރުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި މީހުންދިރިއުޅޭ ގޯތިތަކާއި، ދިރިނޫޅޭ ފަޅު ގޯތިތަކުގެ މަގުމަތި މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި ކުނިހަކައި ސާފުކުރުމަށް ދަންނަވަމެވެ.

އަދި މިމުއްދަތުގެ ތެރޭގައި ސާފު ނުކުރާ ގޯތިތައް މަގުމަތި ކުނިކެހުމުގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) ގެދަށުން -/500 ރުފިޔާއިން ޖުރިމަނާ ކުރާނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 އެޕްރީލް 2025
ހޯދާ