ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުކުރިމަގު އަލަށް ގޯތިދޫކުރެވިފައިވާ ސަރަހައްދުތަކުގެ މަގުތައް ހެދުމާއި ގުޅޭ

މި ރަށު މުކުރިމަގު އަވަށުން އަލަށް ގޯތިދޫކުރެވިފައިވާ ސަރަހައްދުތަކުގެ މަގުތައް ހެދުމާއި، ގޯތީގެ އިން ވަކިކުރުމުގެ މަސައްކަތް މި ކައުންސިލުން މިހާރު ވަނީ ފަށާފައެވެ. އަލަށް ގޯތިދޫކުރި ސަރަޙައްދުތަކުގައި ގިނަ ފަރާތްތަކަކުން ދަނޑު ހައްދާފައިވާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، 27 މެއި 2025 ގެ ކުރިން އެ ސަރަހައްދުތަކުގައި ދަނޑު ހައްދާފައިވާ ފަރާތްތަކުން ހައްދާފައިވާ ތަކެތި ނެންގެވުން އެދެމެވެ. އަދި ދެންނެވުނު މުއްދަތުގެތެރޭގައި އެ ސަރަހައްދުތަކުގައި ހައްދާފައިވާ ތަކެތި ނުނަގައިފިނަމަ، އިތުރު އެންގުމަކާއިނުލައި މަގުހެދުމާއި، އިންވަކިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                      

           29 ޝައްވާލް 1446ހ

           27 އެޕްރީލް 2025މ 

27 އެޕްރީލް 2025
ހޯދާ