ދިވެހިރާއްޖެ
މި ރަށުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައު އިމާރާތް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ބިން ހިމެނޭ ސަރަޙައްދުތަކުގައި ގިނަ ފަރާތްތަކަކުން ދަނޑު ހައްދާފައިވާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.
ވީމާ، 27 މެއި 2025 ގެ ކުރިން އެ ސަރަހައްދުތަކުގައި ދަނޑު ހައްދާފައިވާ ފަރާތްތަކުން ހައްދާފައިވާ ތަކެތި ނެންގެވުން އެދެމެވެ. އަދި ދެންނެވުނު މުއްދަތުގެތެރޭގައި އެ ސަރަހައްދުތަކުގައި ހައްދާފައިވާ ތަކެތި ނުނަގައިފިނަމަ، އިތުރު އެންގުމަކާއިނުލައި މަގުހެދުމާއި، އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. އަދި މި މަސައްކަތް ކުރާއިރު ދަނޑުބިމަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ބަދަލު ނުދޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
29 ޝައްވާލް 1446ހ
27 އެޕްރީލް 2025މ