ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
ހުޅުމާލެ ޕަވަރހައުސް
|
މަޤާމް:
|
ޖެނެރަލް މެއިންޓަނަންސް އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ގްރޭޑް 07 ނިންމާފައިވުން އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
ނުވަތަ؛
- 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- އިންޖީނުގޭގެ އިމާރާތްތަކާއި ތާންގީތަކާއި ތެޔޮހޮޅިތަކާއި އެކްޒޯސްޓް ޕައިޕްތައް ދަބަރުތަޅާ ދަވާދުލުން.
- އުސްތަންތަނަށް އަރާ އެތަންތަން ދަބަރުތަޅާ ދަވާދުލުމާއި މަރާމާތު މަސައްކަތްކުރުން.
- އިންޖީނުގޭގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންކުރާ ސީވޯޓަރގެ ނިޒާމް ސާފުކޮށް ބެލެހެއްޓުން.
- އިންޖީނުގޭގައި އުފެދޭ ކުނިތައް ނަގާ ސާފުކޮށް ބެލެހެއްޓުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
30 އެޕްރީލް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 30 އެޕްރީލް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
29 ޝައްވާލް 1446
27 އެޕްރީލް 2025
|