ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ 09 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން
އިޢުލާން
ތާރީޚް: 24 އޭޕްރިލް 2025 |
ނަންބަރ: (IUL)327-A/327/2025/103 |
ބިޑުކޮމެޓީގެ ނިންމުން ޢާންމުކުރުން |
ތިރީގައި އެވަނީ 24 އޭޕްރިލް 2025 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2025 ވަނަ އަހަރުގެ 09 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
- ނައިފަރު ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް ތަރައްޤީކުރާ 2 ވޮލީކޯޓުގައި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ހެދިފައިވާ ނަންބަރ (AGR)327-A/PRIV/2025/14 އެއްބަސްވުމާއި ގުޅިގެން 10 އޭޕްރީލް 2025 ގައި މަސައްކަތަށް ބައެއް ބަދަލު ގެނައުމަށް މަޝްވަރާކުރެވި އިތުރަށް ކުރުމަށް މަޝްވަރާކުރެވިފައިވާ މަސައްކަތްތައް ފުރިހަމަ ކުރުމަށް ހިނގާނެ ކަމަށް ލަފާ ކުރެވޭ ޚަރަދުގެ ގޮތުގައި މަސައްކަތާއި ހަވާލު ވެފައިވާ އިބްރާހިމް ކޮންސްޓްރަކްޝަންސް އިން ފޮނުވާފައިވާ ސިޓީގައި ގުޅިގެން, ކައުންސިލުން އިތުރުކުރުމަށް އެދިފައިވާ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރ ހުށަހަޅާފައިވާ އަގަކީ ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.49 ގެ (ނ) ގައި ބަޔާންކުރާ އަގަށް ފެތޭ އަގެއް ކަމުގައިވާތީ އާއި އަދި އެ މާއްދާގެ (ރ) ގައި ބަޔާންކުރާ މަސައްކަތުގެ މައިގަނޑު ސްކޯޕްއަށް ބަދަލު ނާންނާތީ، އިބްރާހިމް ކޮންސްޓްރަކްޝަނ އިން ހުށަހަޅާފައިވާ 6000.00 ރ ގެ ވޭރިއޭޝަން ގެނައުމަށް ފަހު އެއްބަސްވުމަށް ބަދަލްގެންނަން ފެންނަކަމަށް ނިންމުން.
- ދަޢުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.21 ގެ (ހ) ގެ 3 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސްކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މިހާރު ހުރި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވެމްކޯއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ލިޔުންތަކާއި ގުޅިގެން، ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަމާ ހުރުމާއެކު މިމައްސަލައަށް ގޮތެއް ނިންމުމަށް ކުރިއައް އޮތް ބިޑްކޮމެތީ ޖަލްސާއަކައް އެޖެންޑާކުރަން ފެންނަކަމަށް ނިންމުން.
- ނައިފަރުގައި ތަރައްޤީ ކުރަމުންދާ ބަނދަރުހިޔާ އަށް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށްކުރެވުނު ނަންބަރު (IUL)327-A/327/2025/89 އިޢުލާނާއި ގުޅިގެން، ބިޑްއިވެލުއޭޝަން އިސްލާހުކުރުމަށްފަހު އަލުން ބިޑްކޮމެޓީ ޖަލްސާއަކަށް އެޖެންޑާކުރަން ފެންނަކަމަށް ނިންމުން.
- ނައިފަރު ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް 2 ވޮލީކޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ދެވަނަ ފަހަރަށްކުރެވުނު ނަންބަރު (IUL)327-A/327/2025/46 އިޢުލާނާއި ގުޅިގެން ބީލަން އެވޯޑް ކުރުވުނުފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިނުވާތީ ހުށަހަޅާފައިވާ ބީލަންތަކާއި ގުޅިގެން، 2025 ވަނަ އަހަރުގެ 6 ވަނަ ބިޑު ކޮމިޓީ ޖަލްސާއިން ބިންލެވެލްކުރުމާއި ލައިޓްޖެހުމުގެ މަސައްކަތް އަދި ޓާރފް އެޅުމުގެ މަސައްކަތް ޓްރިޕްލް 8 އަށް އެވަރޑް ކުރުމާއި ގުޅިގެން އިދާރީ ގޮތުން ނޯޓިފިކޭޝަން އޮފް އެވާރޑް ފޮނުވުމާއެކު، އެއްބަސްވުމުގައި ސޮއިކުރުމަށް މަޢުލޫމާތު ކަރުދާހުގެ 27.1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 14 ދުވަސް ދެވިފައިވީނަމަވެސް، އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާތީވެ މަޢުލޫމާތު ކަރުދާހުގެ 27.2 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ޓްރިޕްލް 8 އަށް މި މަސައްކަތްތައް އެވޯޑްކުރުމަށް ނިންމާފައިވާ ނިންމުން ބާޠިލްކުރުމަށް ފެންނަކަމަށާއި، ބިންލެވެލްކުރުމާއި ލައިޓްޖެހުމުގެ މަސައްކަތް އަދި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަން މަރުހަލާގައި 2 ވަނައަށް ގޮސްފައިވާ އިބްރާހީމް ކޮންސްޓްރަކްޝަނުންވެސް މި މަސައްކަތްތައް ކުރެވެންނެތްކަމަށް ބަޔާންކޮށް ސިޓީ ފޮނުވާފައިވާތީ އިވެލުއޭޝަން މަރުހަލާގައި 3 ވަނައަށް އެންމެ މަތިން މާރކްސް ލިބިފައިވާ ގްރާސް ޕްރޯ ޕްރައިވެޓް ލިމިޓެޑް އަށް ވޮލީކޯޓްގެ ޓާރފްއެޅުމުގެ މަސައްކަތް އެވޯޑްކުރުމަށާއި އަދި ބިންލެވެލްކުރުމާއި ލައިޓްޖެހުމުގެ މަސައްކަތް އެލް.އެމް.އޭ އިންވެސްޓްމަންޓް އަށް އެވޯޑްކުރުމަށް ފެންނަކަމަށް ނިންމުން.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
27 އެޕްރީލް 2025
ހޯދާ