ދިވެހިރާއްޖެ
ނ. އަތޮޅު މަދަރުސާ
ނ.މަނަދޫ
ދިވެހިރާއްޖެ
ނަމްބަރ : GS35/2025/07
އިޢުލާން
ނ. އަތޮޅު މަދަރުސާގެ ސްޓާފުރޫމް މަރާމާތުކުރުން
ނ. އަތޮޅު މަދަރުސާގެ ސްޓާފުރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
1 ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަންބަރު 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާން
ކުރާ ފަރާތްތަކަށެވެ.
1.1 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
1.2 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
1.3 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
1.4 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
1.5 މިމާއްދާގެ 1 ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 އޭޕްރީލް 28 އިން 2025 މެއި 07 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.30 އިން މެންދުރު 13.30 އަށް ސްކޫލަށްދުރުވެ ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާފަރާތްތަކަށެވެ. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޭޕްރީލް 30 ވާ ބުދަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިމަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2025 މެއި 08 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. ބިޑުހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2025 މެއި 13 ވާ އަންގާރަ ދުވަހުގެ މެންދުރު 13.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް މި ސްކޫލުން ދޫކުރާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މައޫލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ނ. އަތޮޅު މަދަރުސާ / ނ.މަނަދޫ
ފޯންނަމްބަރ 6560003
އީމެއިލް: [email protected]
29 ސައްވާލު 1445
27 އޭޕްރީލް 2025