ދިވެހިރާއްޖެ
އިޢުލާން
ރ.މާކުރަތު ކައުންސިލްގެ ޤްރުއާން މުބާރާތާއި ގުޅޭ:
މި ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން މި ރަށުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތެއް، 26 ޖޫން 2025 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިކައުންސިލްގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު، ސްކޫލާއި ޢާއްމުންނަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ރަށު ކައުންސިލުން އިސްނަގައިގެން ދާއިމީކޮށް ބާއްވަން ނިންމާފައިވާ މުބާރާތެކެވެ. މިފަދަ މުބާރާތްތައް ބޭއްވުމުގެ މަޤްސަދަކީރަށުގެ ރަށްޔިތުންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައި އަތޮޅާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މާކުރަތު ތަމްސީލުކުރާނެ ޤާބިލް މީހުން އުފެއްދުމެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ގޫގުލް ފޯމު 27 އޭޕްރީލް 2025 ން ފެށިގެން 14 މެއި 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކުރެއްވުން އެދެމެވެ. އަދި މި މުބާރާތުގެ ޤަވާއިދުގެ ލިންކް އަދި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ގޫގުލް ފޯމްގެ ލިންކް ތިރީގައި މިވަނީއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމްގެ ލިންކް:
https://forms.gle/fnDc3mm31hoEtWMg7
ޤަވާއިދުގެ ލިންކް:
https://drive.google.com/file/d/1mKiY6LnxvQvQax50HyiitV0ffCkyA9VJ/view?usp=sharing
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޝައްވާލް 1446