| 
   
އެންޓިކޮރަޕްޝަން ކޮމިޝަން 
މާލެ، 
ދިވެހިރާއްޖެ 
 | 
   
  
  
 | 
| 
 މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:  (IUL)123-HR/123/2025/20 އިޢުލާނަށް އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީ ދެވަނަ (02) ފަހަރަށް އިޢުލާން ކުރަމެވެ. 
 | 
| 
 ވަޒީފާގެ ފުރުޞަތު 
 | 
 ތާރީޚް: 
 | 
 29 ޝައްވާލު 1446 
27 އެޕްރީލް 2025 
 | 
| 
 ނަންބަރު: 
 | 
 (IUL)123-HR/123/2025/23 
 | 
| 
 މަޤާމް: 
 | 
 ސީނިއަރ ރިސާރޗް އޮފިސަރ 
 | 
| 
 ކްލެސިފިކޭޝަން: 
 | 
 ސީނިއަރ ރިސާރޗް އޮފިސަރ 
 | 
| 
 ވަޒީފާގެ ބާވަތް: 
 | 
 ދާއިމީ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން: 
 | 
 އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ 
 | 
| 
 މުސާރަ: 
 | 
 -/13000 (ތޭރަ ހާސް ރުފިޔާ) 
 | 
| 
 ޑެއިލީ އެލަވަންސް: 
 | 
  276/-    (ދުއިސައްތަ ހަތްދިހަ ހަ ރުފިޔާ) 
 | 
| 
 އޯވަރޓައިމް އެލަވަންސް: 
 | 
 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 (އެކެއް) 
 | 
| 
 މަޤާމުގެ ޝަރުޠު 
 | 
- ރިސާރޗް އޮފިސަރގެ މަޤާމުގައި 03 އަހަރު ދުވަހު އުޅެ މަސައްކަތުގެ ތަޖްރިބާ ލިބިފައި ވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ފާއިތުވި 03 އަހަރުގެ އެވްރެޖް 80 އިންސައްތައަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ފާއިތުވި އަހަރު 80 އިންސައްތަ އަށްވުރެ މަތިން ޕޮއިންޓް ލިބިފައިވުން ނުވަތަ
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 09 ގެ ސަނަދެއް  ޙާޞިލްކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
 
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 07 ގެ ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.
 
- އުމުރުން 55 އަހަރު ވެފައިނުވުން.
 
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން   ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
 
  | 
| 
 މަޤާމާއި ގުޅޭ ދާއިރާތައް: 
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
 
- ޕަބްލިކް ޕޮލިސީ
 
- އެޑްމިނިސްޓްރޭޝަން
 
- މެނޭޖްމަންޓް
 
- ގަވަރނަންސް
 
- ރިސާރޗް
 
 
  
މަޤާމުގެ ތަޢުލީމީ ރޮނގުތައް: 
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
 
- ޕަބްލިކް ޕޮލިސީ
 
- އެޑްމިނިސްޓްރޭޝަން
 
- މެނޭޖްމަންޓް
 
- ގަވަރނަންސް
 
- ރިސާރޗް
 
- އިކޮނޮމިކްސް
 
- ރިސާރޗް މެތަޑޮލޮޖީ
 
- ސްޓެޓިސްޓިކްސް
 
- ޕޮލިޓިކަލް ސައިންސް
 
- ސައިކޮލޮޖީ
 
- ފިލޯސޮފީ
 
 
 | 
| 
 މައިގަނޑު މަސައްކަތް: 
 | 
- ·         ކޮމިޝަނުގެ ރިސާރޗް ސެކްޝަން އަދި ޕޮލިސީ އެންޑް ޕްލޭނިންގ ސެކްޝަން ހިންގާ ބެލެހެއްޓުން.
 
- ކޮރަޕްޝަން ޕްރިވެންޝަން މަސައްކަތައް ބޭނުންވާ ދިރާސާތައް ކުރުވައި، ހިންގާނެގޮތުގެ ގޮތުގެ ކޮންސެޕްޓް ތައްޔާރުކޮށް، ރިސަރޗް މަސައްކަތްތައް ވިލަރެސްކޮށް ފަރުމާކުރުމާއި ޑެލެގޭޓްކޮށް ތަންފީޒު ކުރުވުން.
 
- ކޮރަޕްޝަނާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ޖަމާޢަތްތަކުންނާއި ރާއްޖޭގެ އިދާރާތަކުން ނެރޭ ރިޕޯޓްތައް ދިރާސާ އަދި ކޮމިޝަންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ފާހަގަކޮށް ރިޕޯޓްތައްޔާރުކުރުން.
 
- ކޮރަޕްޝަން ޕްރިވެންޝަން/ރިސްކް އެސެސްމެންޓް ޓޫލްތައް އެކުލަވާލައި ޕްރިވެންޝަން ޑިޕާޓްމެންޓްގެ ވެރިޔާގެ ލަފާގެ މަތިން ގެންނަންޖެހޭ އިސްލާޙުތައް ގެނައުން.
 
- ކޮރަޕްޝަން ރިސްކް އެސެސްމެންޓްތަކާއި ދިރާސާ މަސައްކަތްތަކުން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް/އެޅިދާނެ ފިޔަވަޅުތައް ބަލައި، ކޮމިޝަނާއި، ކޮމިޝަންގެ ސެކްޝަންތަކާއި، ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުން.
 
- ރިސަރޗް ސެކްޝަނުން ތައްޔާރުކުރާ ރިޕޯޓްތަކާއި ސެކްޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން އިދާރާތަކުން ކޮމިޝަނަށް ހުށަހަޅާ ލިޔުންތަކަށް ޖަވާބުދިނުން.
 
- ބައިނަލްއަޤްވާމީ ފަރާތްތަކާއި ދައުލަތުގެ އެކިއެކި އިދާރާތަކުން އެކުލަވާލާ ދިރާސާ ރިޕޯޓްތަކާއި އެސެސްމެންޓްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ކަންތައްތައް ދެނެގަތުމަށް ވިލަރެސްކުރުމާއި ކަމާގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ސެކްރެޓަރީ ޖެނެރަލްއަށާއި ކޮމިޝަންގެ މެމްބަރުންނަށް ހުށަހެޅުން.
 
- ކޮމިޝަންގެ ސެކްޝަންތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމާއި ރާއްޖެއިން ކޮރަޕްޝަން މަދު ކުރުމަށް ކުރަންޖެހޭ ދިރާސާތައްކޮށް މަސައްކަތްތައް ވިލަރެސްކުރުން.
 
- ޕްރިވެންޝަން އަދި ރިސަރޗް މަސައްކަތްތަކާ ގުޅިގެން މާލެއާއި އަތޮޅުތެރޭގައި ހިންގާ ޕްރޮގްރާމް/ ވަރކްޝޮޕް/ ކޮންފަރެންސް ތަކުގައި ބައިވެރިވުން.
 
- ކޮމިޝަނުން ހިންގާ ދިރާސާތަކާއި ރިސަރޗް ސެކްޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން އެހެނިހެން އިދާރާތަކާއި މީޑިއާތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.
 
- ސެކްޝަނުގެ މަސައްކަތްތަކާގުޅޭ ޕްރެޒެންޓޭޝަން، ރިޕޯރޓް، ކޮންސެޕްޓް، ތަރުޖަމާކުރުމުގެ ކަރުދާސް އުފައްދައި ޕްރޫފްބަލައި ތައްޔާރުކުރުވުމާއި ހުށަހެޅުން.
 
- ރިސަރޗް ސެކްޝަނުންކުރާ ދިރާސާތަކާއި އެހެނިހެން މަސައްކަތްތަކުގައި އަލީގައި ކޮރަޕްޝަން ވިޔަނުދިނުމަށް ކޮމިޝަންގެ މުވައްޒަފުންނަށާއި އެހެނިހެން އިދާރާތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި އެޑިއުކޭޝަން އެންޑް އެޑްވޮކަސީ ސެކްޝަނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
 
- ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތައް މުރާޖަޢާކޮށް އިޞްލާޙުކުރުމާއި، އަދި އެ ސިޔާސަތުތައް ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ވިލަރެސް ކުރުން.
 
- ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން އެކުލަވާލައި ހިންގަންޖެހޭ ޕްލޭންތަކާއި، މަޝްރޫޢުތަކާއި، ހަދަންޖެހޭ އުސޫލުތަކާއި، ތަޢާރަފުކުރަންޖެހޭ ހަމަތައް، ތަޢާރަފުކޮށް ހިންގާތޯ ބަލައި މޮނީޓަރ ކުރުން.
 
 
 | 
| 
 މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު 
 | 
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20)
 
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ  )
 
- ޕްރެޒެންޓޭޝަން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
 
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
 
  | 
| 
 އެޕްލިކޭޝަން ސުންގަޑި: 
 | 
 05 މޭ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. 
 | 
| 
 ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި 
 | 
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
 
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
 
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
 
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )
 
 
  
 | 
| 
 އިތުރު މަޢުލޫމާތު 
 | 
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
 
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
 
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފަޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
 
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
 
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި ޕްރޮބޭޝަން މުއްދަތު ހަމަވުމުން އެ މުއްދަތު ހިމެނޭ ގޮތުން 01 (އެކެއް) އަހަރު ދުވަހުގެ ވަގުތީ އެއްބަސްވުމެއްގައި ކޮމިޝަނާއި ވަޒީފާއަށް ހޮވޭ ފަރާތާ ދެމެދު ސޮއިކުރެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ވަޒީފާއަށް ހޮވުނު ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްކަމުގައި ނުވާނަމަ، ވަގުތީ އެއްބަސްވުން ބާޠިލުކުރެވޭނެއެވެ.
 
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
 
  | 
| 
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 
ފޯނު ނަންބަރު: 3015217 / 3015265 
އީމެއިލް: [email protected] 
 |