ދިވެހިރާއްޖެ
ނަންބަރު: (IUL)252/252/2025/42
އިޢުލާން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ( ނަންބަރު: 7/20100 )ގެ 1-107 ވަނަ މާއްދާގެ (ށ) އަދި (ނ) ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރަށެއް ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް، ކޮންމެ 4 މަހުން 1 މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުން 29 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ރޭ 20:30ގައި ފިއްލަދޫ ކައުންސިލް އިދާރާގެ މީޓިން ހޯލްގައި އޮންނާނެއެވެ.
ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދެމެކެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
29 ޝައްވާލް 1446
27 އޭޕްރީލް 2025