ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް 2025

2025 ވަނަ އަހަރު ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ޤަޞްދު ކޮށްފައިވާ އިންޓަރ ސުކޫލް ޓޭބަލް ޓެނިސް މުބާރާތް 14 މޭ 2025 ން 19 މޭ 2025 އަށް ތާވަލް ކުރެވިފައިވުމާއިއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ :

މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:

މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:

13 އަހަރުންދަށް، (އަންހެން / ފިރިހެން)

13 އަހަރުންދަށް، (ސިންގަލްސް)

15 އަހަރުންދަށް، (އަންހެން / ފިރިހެން)

15 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

17 އަހަރުންދަށް، (އަންހެން / ފިރިހެން)

17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

19 އަހަރުންދަށް، (އަންހެން / ފިރިހެން)

19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

ވީމާ މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހައި ސްކޫލް/މަދަރުސާތަކުން ބައިވެރިވެލައްވާ އުމުރުފުރާ ބަޔާންކޮށް މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް  30 އޭޕްރިލް 2025 ވާ ބުދަ  ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށައެޅުއްވުން އެދެމެވެ.

އަދި، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ސުކޫލް ތަކުން  06 މޭ 2025 ވާ  ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯރމް، އައިޑީކާޑު ކޮޕީ  މިސޯސިއޭޝަން އަށް ހުށައެޅުމަށް ދެންނެވީމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

25 އެޕްރީލް 2025
ހޯދާ