ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ އަށް ރިކުއެސްޓް ފޯރ ކޯޓޭޝަން ވެބް އެޕްލިކޭޝަން ހޯދުމާއި ގުޅޭ

  1. ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް ރިކުއެސްޓް ފޯރ ކޯޓޭޝަން ވެބް އެޕްލިކޭޝަން ހޯދުމަށް ކުރެވުނު ނަންބަރ(IUL)468-APS/468/2025/12 އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 29 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

 

  1. ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  30 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ. އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

  1. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 04 މެއި 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 04 މެއި 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 06 މެއި 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން:  6862830، 6862812

  އީމެއިލް: [email protected]

26 އެޕްރީލް 2025
ހޯދާ