ދިވެހިރާއްޖެ
އިޢުލާން
އޭދަފުށީގެ ބައެއް މަގުތަކާއި ، ރަށުގެ އެކި ތަންތަނުގައި ބައުވެ ހަލާކުވެ ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ހުރިކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިފަދަ ތަކެތި މަގުތަކުގައި ބައްޓާފައި ހުރުމުގެ ސަބަބުން އުދަގޫތައް ވަމުންދާތީ މިގޮތަށް އެކި އެކި ފަރާތްތަކުން ބަހައްޓާފައިވާ ވެހިކަލްތައް އެތަކެތީގެ ވެރިފަރާތުން 2025 މޭ 5 ވާ ހޯމަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ނެގުމަށް އަންގަމެވެ. އަދި ދެވިފައިވާ މުއްދަތުގެ ފަހުން އެތަކެތި މަގުތަކުގައާއި ރަށުގެ އެހެނިހެން ތަންތަނުގައި ބަހައްޓާފައި ހުރިނަމަ މިކައުންސިލާއި، އޭދަފުށީޕޮލިސް ގުޅިގެން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަދި އެތަކެތި ނަގައިގެން ގެންދިއުމުގައި އެއިން އެއްވެސް އެއްޗަކަށް ލިބިދާނެ ގެއްލުމަކަށް މިކައުންސިލުން ޒިންމާނުވާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.