ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫގައި ޕްރީސްކޫލް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމާއި ގުޅޭ

ހދ.ނައިވާދޫގައި ޕްރީސްކޫލް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޕްރޮޕޯސަލް ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 މެއި 08 ވާ ބުރާސްފަތި ދުވަހުގެ 11:15 އަށް ނައިވާދޫ ކައުންސިލް އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. ޕްރޮޕޯސަލް ހުޅުވާނީ ހުށަހަޅާ ހުރިހާ ފަރާތްތަކެއްގެ އެއްހާޟިރުގައެވެ.

މި ޕްރޮޖެކްޓާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޕްރޮކިއުމަންޓް ޔުނިޓް
  • ނައިވާދޫ ކައުންސިލް އިދާރާ
  • ހދ.ނައިވާދޫ
  • ފޯން: 6520643 / 6520039
  • އީމެއިލް: [email protected]
24 އެޕްރީލް 2025
ހޯދާ