މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަންދޫ ކައުންސިލް ކެފޭ ކުއްޔަށް ދޫކުރުމާއިބެހޭ

މިރަށު ބަނދަރު ސަރަހައްދުގައި ޢިމާރާތް ކޮށްފައިވާ '' ކައުންސިލް ކެފޭ '' 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިއިދާރާއިން ކުރި ނަމްބަރ: (IUL)289/289/2025/05 (30 ޖަނަވަރީ 2025) ގެ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެކަމަށް ޝަޢުޤުވެރިކަން ފާޅުކުރި ފަރާތްތައް މަދުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް، ކައުންސިލް ކެފޭ ކުއްޔަށް ދޫކުރުމަށްޓަކައި އަލުން އިޢުލާން ކުރީމެވެ.

ވީމާ 5 އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލް ކެފޭ ކުއްޔަށް ހިފުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް، ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް ފޯރުކޮށް ދެވޭނެއެވެ.

ބީލަން ރަޖިސްޓްރީ ކުރުން

27 އޭޕްރީލް 2025 ވަނަ ދުވަހުން ފެށިގެން 30 އޭޕްރީލް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއެކު ދައްކަންޖެހޭ ފައިސާ، ޖުމްލަ -/200 (ދުއިސައްތަ) ރުފިޔާ، ލަންދޫ ކައުންސިލް އިދާރާގެ ނަމްބަރ: 7720700408001 ގެ އެކައުންޓަށް ޖަމާކޮށް، ފައިސާ ދެއްކި ކަމުގެ ރަސީދު، [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ، ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް، ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، ކައުންސިލް އިދާރާއިން ލިބެން ހުންނާނެ،

ބީލަން ހުށަހެޅުން

08 މެއި 2025 ވަނަ ދުވަހުގެ 11:00 ގައި ލަންދޫ ކައުންސިލް އިދާރާގެ ކޮންފަރަންސްހޯލްގައި

އަދި ދަންނަވަމެވެ. މިފަހަރު ''ކައުންސިލް ކެފޭ'' ކުއްޔަށް ހިފުމުގެ ބިޑް ކާމިޔާބު ކުރައްވާ ފަރާތުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 1 މަސްދުވަހުގެ ކުލި ކައުންސިލަށް ދައްކަން ވާނެއެވެ. އަދި އެފައިސާ، ކެފޭ ދޫކޮށްލުމުން އެފަރާތަކަށް އަނބުރާ ލިބިވަޑައިގަންނަވާނެއެވެ. އަދި ކުރިއެކޭއެއްގޮތަށް މިފަހަރުވެސް ކެފޭގެ ޚިދުމަތް ފެށުމަށްޓަކައި މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން 1 މަސްދުވަހުގެ ގްރޭސް ޕީރެޑެއް ދިނުމަށް ހަމަޖެހިފައިވާތީ މިވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި އިޢުލާން އާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަމްބަރ 6563759 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީނުވެ ހުށަހަޅާ ބީލަން ތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.   

މިހެންވެ މިކަން ޢާއްމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އެޕްރީލް 2025
ހޯދާ