ދިވެހިރާއްޖެ
" ގެމަނަފުށީ ކައުންސިލް ވޮލީބޯލް މުބާރާތް 2025 "
ގެމަނަފުށީ ކައުންސިލް ވޮލީމުބާރާތުގައި ބައިވެރިވުން.
މިހިނގާ 2025 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ހުވަދުއަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީގެ ޓީމްތަކަށް އަމާޒުކޮށްގެން ދެޖިންސަށް ވޮލީ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކުން 1 ޖޫން 2025 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން މުބާރާތުގެ ބައިވެރިވުމުގެ ފީ 2000.00 ( ދެހާސް ރުފިޔާ ) ދެއްކެވުމަށްފަހު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.
މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް މި އިދާރާއިން ލިބެންހުނަނާނެ ވާހަކަ ދެންނެވީމެއެވެ. މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމްތަކަށް ފައިސާގެ އިނާމެއް ގޮތުން ތިރީގައި މިދަންނަވާ އިނާމް ދެވޭނެއެވެ.
މުބާރާތުގެ ކޮންމެ ޑިވިޜަނަކުން ޗެންޕިއަން ޓީމަށް: 50000.00 ( ފަންސާސް ހާސް ރުފިޔާ )
މުބާރާތުގެ ކޮންމެ ޑިވިޜަނަކުން ރަނަރަޕް ޓީމަށް: 25000.00 ( ފަންސަވީސްހާސް ރުފިޔާ )
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.