ދިވެހިރާއްޖެ
އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން
އެސްޓީއޯގައި ބޭނުންކޮށްފައިވާ މާކިއުރީ (ސީޕްރޯ 300) ހޯސްޕަވަރގެ އައުޓްބޯޑް 2 އިންޖީން ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ އިންޖީނުތައް ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 28 އޭޕްރިލް 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން މާލެ 1 ނަންބަރު ޖެޓީއަށް ވަޑައިގެން ދެއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 ކ. ފުނަދޫ  | 
 28 އޭޕްރިލް 2025/ގަޑި،10:00  | 
| 
 އަގުހުށަހެޅުން  | 
 އެސްޓީއޯ ޓުރޭޑްސެންޓަރ، ފަންގިފިލާ 3  | 
 29 އޭޕްރިލް 2025/ގަޑި،10:00  | 
| 
 ނީލަން ފެށޭ އަގު  | 
 300,000.00ރ (ތިންލައްކަ ރުފިޔާ)  | 
|
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ބިލް ހަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރު:9782171
