ދިވެހިރާއްޖެ
ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޤަވާއިދު ނަންބަރު: R-1050/2019 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން 30 އޭޕްރީލްގެ ނިޔަލަށް، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ޝާއިޢުކުރަންޖެހެއެވެ. ނަމަވެސް، އޮޑިޓަރުން ބަލަންޖެހޭ ކަންކަން ބެލުމަށް އިތުރު ވަގުތު ބޭނުންވާތީ، 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ނިންމުމުގައި ލަސްތަކެއް ދިމާވާނެކަމަށް ލަފާކުރެވޭތީ ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދައާއެކު، އަހަރީ ރިޕޯޓު ޢާންމުކުރާ މުއްދަތު، 30 މެއި 2025 ގެ ނިޔަލަށް އިތުުރުކުރަން ހުއްދަ ލިބިފައިވާކަން ޙިއްޞާދާރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ވީއެންމެ އަވަސް ތާރީޚެއްގައި ޢާންމު ކުރުމުގެ މަސައްކަތް މިކުންފުނިން ކުރަމުންދާ ވާހަކަ ދަންނަވަމެވެ.