މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުސްބިންތަކުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި، އެފަދަ ޚިދުމަތުން ފީނެގުމާއި ގުޅޭ އުޞޫލުގެ ދަށުން، "ކެޓަގަރީ – 2 (ބޮލިމޭޒު ވިޔަފާރި)" ގެ ގޮތުގައި ހިމެނޭ 18 ވިޔަފާރި ހަޓަށް ކުރިމަތިލުމަށް ފުރުޞަތު.

ހުސްބިންތަކުގައި ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމާއި އެޚިދުމަތުން ފީނެގުމާއި ބެހޭ އުޞޫލުގެ ކެޓަގަރީ 2 "ބޮލިމޭޒު ވިޔަފާރި" ގެ ގޮތުގައި ހިމެނޭ 18 ވިޔަފާރި ހަޓަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިގޮތުން ޙަވާލާދެވިފައިވާ އުޞޫލުގެ 15 ވަނަ ނަންބަރުގެ ކެޓަގަރީ 2 ގައި ހިމެނޭ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ވިޔަފާރިހަޓުތަކަށް އެދޭ ފޯމު މި އިއުލާނުގައިވާ ލިންކު މެދުވެރިކޮށް ފުރިހަމަކުރައްވާ 07 މެއި 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މި އިއުލާނާއި ގުޅިގެން ކުރިމަތިލާ ފަރާތްތަކަކީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ G8 ގައި ރަޖިސްޓްރީ ކޮށްފައިވާ ގުޅީގެ ރަށްވެއްސަކަށް ވާންވާނެއެވެ. އަދި ކޮންމެ ގޭބިސީއަކުން ކުރިމަތިލެވޭނީ 1 ފަރާތަކަށެވެ. މިގޮތުން އައިޑީކާޑުގައިވާ އެޑްރެހަކީ އެފަރާތުގެ ގޭބިސީ ކަމުގައި ބެލޭނެއެވެ. އަދި އެއް އެޑްރެހެއްގައި 1 ފަރާތަށްވުރެން ގިނައިން ކުރިމަތިލައިފިނަމަ އެންމެ ފުރަތަމަ ހުށަހެޅި ފޯމަކީ އެ ގޭބިސީއަކުން ހުށަހެޅި ސައްޙަ ފޯމުކަމުގައި ބެލޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގޮތުގެ މަތީން ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަރު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

 

   

24 އެޕްރީލް 2025
ހޯދާ