ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތައް ސާފުކުރުމާއިގުޅޭ:
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި ، އެގޯއްޗެއް އިންވެގެންވާ މަގުމަތި ސާފުކޮށް ބެލެހެއްޓުމަކީ އެ ގޯތި ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގޯއްޗާއި، އެގޯޗެއް ގުޅިފައިވާ މަގު ނުވަތަ މަގުގެ ބައިތައް ސާފުކޮށް ނުބެލެހެއްޓުމުގެ ސަބަބުން، ސާފުތާރިކޮށް މަގުތައް ބަލަހައްޓަމުން ގެންދާ ފަރާތްތަކަށާއި އިންވަކިކޮށް ފާރުރޭނުމާއި އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށާއި ބަދަލު ދިނުމުގެ ކަންކަން ނިންމުމަށް ބޭނުންވާ ފަރާތްތަކަށް ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. އަދި ބައެއް ގޯތިތަކުގައި ހެދިފައިވާ މިދިލި ގަސްތަކުގެ ސަބަބުން ކައިރީގައި ދިރިއުޅޭ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ހުވަނީގެ ނުރައްކާ ދަނީ ބޮޑުވަމުންނެވެ.
ދިރިއުޅުމަށް ދޫކޮއްފައިވާ ގޯއްޗާއި އެގޯއްޗެއް އިންވެގެންވާ މަގުގެ ބައިތައް ސާފުކޮން ބެލެހެއްޓުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 148 ވަނަ މާއްދާގެ (ޑ) "މަގުމަތި ކުނިކެހުމާބެހޭ ޤަވާއިދު" ނަންބަރު (2019/R-331)، 12 ފެބްރުއަރީ 2019، ގެޒެޓްކުރެވި މި ޤަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެގޯއްޗެއްގެ މަގަށްވާ ސަރަހައްދުގައި އެ ގޯއްޗަކާވީ ފަޅި އަދި މަގުގެ އަނެއްފަރާތުގައި ގޯއްޗެއްނެތްނަމަ މަގު އެއްކޮށް ކުނިކަހާ ސާފުކޮށް ބަލަހައްޓަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ވީމާ އިސްވެދެންނެވުނު ފަދައިން ދިރިއުޅުމަށް ދޫކޮއްފައިވާ ގޯއްޗާއި އެގޯއްޗެއް އިންވެގެންވާ މަގުގެ ބައިތައް ސާފުކޮށް ބެލެހެއްޓުމަށް އަދި ކައިރީގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫވާ ގޮތަށް ހައްދާފައިވާ ބޮޑެތި ގަސްރުކުން ވާގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކޮށް، މިކަން ތަކުރާރުކޮށް އަންގާ އިޢުލާން ކުރަމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.