ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގދ. ކަޅެހިގިއްލާގައި ދަނޑުވެރިކަމަށް ޙާއްސަކުރެވިފައިފާ ބިންތައް 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ މިކަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 05 މެއި 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

މިކަމާއި ގުޅިގެން ދޫކުރެވޭނެ ބީލަން ފޮތުގެ އަގަކީ، 250.00ރ (ދުއިސައްތަ ފަންސާސް ރުފިޔާ) އެވެ. ތިރީގައިވާ މި އިދާރާގެ ބޭންކް އެކައުންޓަށް ބީލަން ފޮތުގެ ފީ ދައްކައި ގޫގަލް ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރައްވައި ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރުމުގެ މުއްދަތު ނިމުމުން ރަސްމީ 1 ދުވަސް ތެރޭގައި ބީލަމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ބީލަމާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް މެއިލް ކުރެވޭނެއެވެ. އަދި ކައުންސިލްގެ އިދާރާއިން މި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ އެފަރާތްތަކަށް ލިބެންހުންނާނެއެވެ. އަދި މި ބީލަމުގައި ރަޖިސްޓަރ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 

  • އެކައުންޓް ނަންބަރ: 7710700367004
  • އެކައުންޓް ނަން: KHARADHU 2 1469
  • ގޫގަލް ފޯމް ލިންކް: https://forms.gle/pfuiLAXZefNwicYx9    

 

ބީލަން ހުށަހެޅުން އޮންނާނީ 02 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގައި ބީލަމުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އަދި ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނުގެ (ޤާނޫނު ނަންބަރު:1/2003) ދަށުން ރަޖިސްޓްރީކުރެވިފައިވާ ޖަމިއްޔާތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

24 އެޕްރީލް 2025
ހޯދާ