ދިވެހިރާއްޖެ
ބ.ކިހާދޫގައި ދަނޑުވެރިކަމުގެ ވިޔަފާރިކުރުމަށް 10 އަހަރު ދުވަހުގެ މުއްދަތައް ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ކިހާދޫގައި ދަނޑުވެރިކަން ފުޅާކޮށް ވިޔަފާރީގެ އުސޫލުން އާންމުދަނީ އެއް ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ދޫކުރެވޭ ބިންތަކަކީ މަދުއަދަދެއްގެ ބިންތަކެއް ކަމުން މި ބިންތައް ކުއްޔަށް ހިފުމަށް ބިޑް ކުރެވޭނީ ހަމައެކަނި ކިހާދޫގެ ރައްވެހިންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މި ބިޑުގެ ބޭނުމަށް ކިހާދޫގެ ރައްވެއްސެއްގެ ގޮތުގައި ބެލެވޭނީ 31 ޑިސެންބަރ 2024 ގެ ނިޔަލަށް ކިހާދޫގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކެވެ.
މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި މި އިއުލާނާއެކު އާންމު ކުރެވިފައިވާ ބީލަން ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު 2025 މެއި 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ހުށައަޅުއްވަން ވާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު ކައުންސިލް އިދާރާއަށް ދުރުވެ ނުވަތަ ކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] އަށް ފޮނުއްވައިގެން ހުށައެޅިދާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. މި ބީލަމުގައި ކޮންމެ ފަރާތަކަށްވެސް ބިޑް ކުރެވޭނީ 1 (އެކެއް) ދަނޑުބިމަށެވެ.
މި ބީލަމާ ގުޅިގެން ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން 2025 މެއި 11 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކިހާދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 މެއި 15 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކިހާދޫ ކައުންސިލް އިދާރާގައެވެ.
މި އިޢުލާނާއި ގުޅިގެން އާންމު ކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މައުލޫމާތު ސާފުކުރުމަށް ހުށަހަޅާނަމަ 2025 މެއި 13 ގެ 14:00 ގެ ކުރިން ހުށަހަޅަން ވާނެއެވެ. މި އިޢުލާނާ ގުޅިގެން ބިންތަށް ދޫކުރެވޭ ސަރަހައްދު އެނގޭނެ ޗާޓެއް މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.
ބިންތައް ކުއްޔަށް ދޫކުރެވޭ އެންމެ ކުޑަ އަގު (މަހު ކުލި) :
- ދަނޑުވެރިކަމުގެ ވިޔަފާރިކުރުމަށް ދޫކުރެވޭބިން އަކަފޫޓަކަށް 0.04 ރުފިޔާ
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.