ދިވެހިރާއްޖެ
މި އިއުލާނާއެކު ހިމަނާފައި މިވަނީ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު P/CIR/2020/50-13 (09 ޑިސެމްބަރ 2020) ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލ. ކަލައިދޫ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ބަހައްޓާ ޢިމާރާތުގެ މަސައްކަތްތައް ކުރުމަށް ކުރި މި ކައުންސިލްގެ ނަންބަރ: (IUL)456-ESMSC/456/2025/12 (19-02-2025) އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ގޯލްޑެން ކޮއިންއާއި މި މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ 2025 ވަނަ އަހަރުގެ ނަންބަރު: (2) (11-03-2025) ބިޑް ކޮމެޓީ ޖަލްސާއިން ވަނީ ނިންމާފައެވެ. އަދި މި އިއުލާނާއި އެކު ބިޑް އެވޯޑް ޝީޓް އާއްމުކުރީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާނުކުރީމެވެ.