ދިވެހިރާއްޖެ
ކައުންސިލްގެ 04 ވަނަ ދައުރަށް އިންތިހާބްވެވަޑައިގަތް 05 ކައުންސިލް މެމްބަރުންގެ އިންތިހާބީ ވަޢުދު " ކޮންމެ އަހަރަކު ވަންދޫ ރައްޔިތަކަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރުޞަތު ދިނުން " މިވަޢުދުގެ ދަށުން2025 ވަނަ އަހަރުގެ ޑިސެންބަރުމަހު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ވަންދޫ ރައްޔިތުންގެ ތެރެއިން ތިރީގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ހަމަވާ ފަރާތެއް ހޮވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ފޯމް ހުށައަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް:
- ޢުމްރާގެ އަޅުކަން އަދާކުރަންދާ ފަރާތަކީ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވުން.
- ޢުމްރާގެ އަޅުކަން އަދާކުރަން ފޯރމް ހުށައަޅާ ފަރާތަކީ ކޮޅުމަޑުލު ވަންދޫ ރަށްވެއްސެއް ކަމުގައިވުން.
- ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ ފަރާތަކީ ފުރިހަމަ ސިއްޙަތެއްގައިހުރި ފަރާތަކަށްވުން.
ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔުންތައް:
1- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ކޮޕީ.
ޢުމްރާ ދަތުރާއި ގުޅޭ އިތުރު މައުލޫމާތު މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ " ކައުންސިލުން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުޞޫލް " ގައި ބަޔާންކުރެވިފައިވާނެއެވެ. މިއިޢުލާނާއި ގުޅިގެން ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 14 މެއި 2025 ވަނަ ދުވަހުގެ 12:00 އެވެ. އިތުރު މައުލޫމާތެއް ސާފުކުރަށްވަން ބޭނުންފުޅުވެލައްވާނަމަ 6780041 އަށް ގުޅުއްވުން އެދެމެވެ.