އިޢުލާނު
|
މަޤާމު:
|
ސީނިއަރ ކައުންސިލް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-411856
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް. އެސް. 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
|
މުސާރަ:
|
މަހަކު 6295.00 (ހަހާސް ދުއިސައްތަ ނުވަދިހަ ފަހެއް) ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2000.00(ދެހާސް) ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު 900.00 (ނަވަސަތޭކ) ރުފިޔާ
- ސްޕެޝިއަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސައިރައިގެ %35
- ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާގެ ދަށުން ރަށުގެ ރައްޔިތުންގެ އިޤްތިޞާދީ ދުޅަހެޔޮކަށް އިތުރު ކުރުމަށާއި ރަށުގެ އިޤްތިޞާދީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކައުންސިލުން ރާވާ ހިންގާ އެންމެހައި މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް މަސައްކަތްތައް ސުޕަވައިޒަރ ނުވަތަ ޔުނިޓު ހެޑު ނުވަތަ ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ މަތިން ކުރުން
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރަށު ކައުންސިލުގެ އާމްދަނީ އިތުރު ކުރުމުގެ ފުރުޞަތުތައް ހޯދުމާއި، އެހެން ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަންވެއްޖެނަމަ ، އެކަމާބެހޭ ގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ކުރުން
- އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި، މިލުކުކުރުމާއި، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމާއި ދޫކުރުމުގެ މަސައްކަތްތައްކޮށް ބެލެހެއްޓުން
- ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ ޙައްޤުތަކާއި މަސްލަޙަތުތަކާއި، މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކިއެކި ކަންކަމަށް ފަންޑު ހޯދުމަށް މަސައްކަތްކުރުމާއި ފަންޑު އުފެއްދުމުގެ މަސައްކަތް ކުރުން
- ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފިހާރަތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި، ކެފޭތަކާއި، ގެސްޓްހައުސްތަކާއި، އާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުމާއި، އަޅަންޖެހޭ އިސްލާޙި ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ކައުންސިލު އިދާރާގެ ޕްރޮކިއުމަންޓްގެ ކަންކަން ބެލެހެއްޓުން
- ރަށުގެ ގޮއިފާލައްބަ ހިންނަ ފަދަ ތަންތަނުގެ އިޤްތިޞާދީ ވަސީލަތްތައް ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް ޕްލޭންކޮށް ހިންގައި ބެލެހެއްޓުން
- ދަނޑުވެރިކަމާ ގުޅިގެން ކައުންސިލުންރާވާ ހިންގާ އެންމެހައި ކަންކަން ކުރުމާއި، އެކަންކަން ބެލެހެއްޓުން
- ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީއާއި ސަލާމަތީ ހެއްދުމާއި ކަނޑުއުޅަނދުފަހު ޗެކު ކުރުމުގެ މަސައްކަތްތައްކޮށް ބެލެހެއްޓުން
- ރަށުގައި ގެންގުޅޭ ކަނޑު އުޅަނދާއި އެންގަމު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލާ އަޕްޑޭޓްކޮށް ބެލެހެއްޓުން
- ރަށުގެ ދަނޑުވެރިންގެ ދަފްތަރު އެކުލަވާލާ ބެލެހެއްޓުމާއި ދަނޑުވެރިން ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ކުރުން
- ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސަބްސިޑީސްއާއި ލޯނާއި އަދި މިނޫންވެސް ލޯން ސްކީމްތަކާއި ގުޅޭކަންތައްތައް ބެލެހެއްޓުން
- އަންހެނުންގެ ކޮމިޓީ އެކުލަވާލާ ބެލެހެއްޓުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހިންގާ ތަރައްޤީގެ ޕްރޮގްރާމުތައް ބެލެހެއްޓުމާއި ކޮމިޓީއަށް އެހީތެރިކަން ދިނުން
- މަސްވެރިކަމާއި ގުޅިގެން ކައުންސިލުން ރާވައި ހިންގާ އެންމެހައި ކަންކަން ކުރުމާއި، އެކަންކަން ބެލެހެއްޓުން
- އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވާ އާލާކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ކުރުން
- ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ރިކޯޑުތައް ބެލެހެއްޓުން
- ކައުންސިލުން ނީލަން ކިޔަންޖެހޭ ތަކެތީގެ ލިސްޓުނަގާއި ކައުންސިލަށް ހުށަހެޅުމަށްތައްޔާރު ކުރުމާއި ދަނޑުގޮވާމާއި، ތަރުކާރީ މޭވާފަދަ ތަކެއްޗާއި ލިބޭ ކާށީގެ ހިސާބުތައް ބެލެހެއްޓުން
- ވިޔަފާރި، ސައިހޮޓާ ކެންޓީނު އަދި ގެސްޓު ހައުސްފަދަ ތަންތަން ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ މަސައްކަތައް ކުރުމާއި ރަޖިސްޓްރީ ބާޠިލު ކުރުމާއި، އެފަދަތަންތަން ޗެކުކުރުން
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެކައުންޓިންގ
- އެޑްމިނިސްޓްރޭޝަން
- އެގްރިކަލްޗަރަލް ސައިންސް
- އެންތްރޯޕޮލޮޖީ
- އާކިޓެކްޗަރ
- ބިޒްނަސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ސިވިލް އިންޖިނިއަރިންގ
- ކޮމާސް
- ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
- ކޮމްޕިއުޓަރ ސައިންސް
- ކައުންސިލް އެޑްމިނިސްޓްރޭޝަން
- ކަލްޗަރ އެންޑް ހެރިޓޭޖް
- ޑިމޮގްރަފީ
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އިކޮނޮމިކްސް
- އެޑިއުކޭޝަން
- އެންވަޔަރަންމެންޓަލް ސައިންސް
- ފައިނޭންސް
- ގަވަރނަންސް
- ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
- ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް
- ހިއުމަން ރިސޯސް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އިންޓަނޭޝަނަލް ރިލޭޝަންސް
- ލޭންގުއޭޖް ސައިންސް
- ލީޑަރޝިޕް
- ލައިބްރަރީ ސައިންސް
- ލޯކަލް ގަވަރނަންސް
- މެނޭޖްމަންޓް
- މެރިން ސައިންސް
- މާކެޓިންގ
- އޮފީސް އެޑްމިނިސްޓްރޭޝަން
- ޕޮލިސީ ސްޓަޑިޒް
- ޕޮލިޓިކަލް ސައިންސް
- ޕްރޮޖެކްޓު މެނޭޖުމަންޓު
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް މޭނޭޖްމަންޓް
- ޕަބްލިކް ޕޮލިސީ
- ޕަބްލިކް ރިލޭޝަންސް
- ޝަރީޢާ އެންޑް ލޯ
- ސޯޝަލް ސައިންސް
- ސޯޝަލް ވޯރކް
- ސޯޝިއޮލޮޖީ
- ސްޕޯޓްސް މެނޭޖްމަންޓް
- ސްޓެޓިސްޓިކްސް
- ސްޓްރަކްޗަރަލް އިންޖިނިއަރިންގ
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
- އަރބަން ޕްލޭނިންގ
- އާބަން ސްޓަޑީޒް
|
ގުޅޭ ވަޒީފާގެ ދާއިރާތައް
- އެޑްމިނިސްޓްރޭޝަން،
- މެނޭޖްމަންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. މިގޮތުން މަޤާމަށް އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދެފައިވާ ފަރާތަށް ތިރީގައިވާ ތާވަލުގައި ހިމެނޭ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 ން ފެށިގެމް މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
1
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
2
|
އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
3
|
ކޯ ނުވަތަ ޕްރިފައިޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް
|
5
|
4
|
އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
5
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
20
|
6
|
އިންޓަރވިއު
|
35
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 މެއި 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 05 މެއި 2025 އާއި 13 މެއި 2025 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6584030 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|