ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުލިގަމުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ކުރެވުނު އިޢުލާނުގެ މުއްދަތު އިތުރުކުރުމާގުޅޭ

       އާންމު ދަނޑުވެރިކަން ކުރުމަށާއި ވިޔަފާރި އުޞޫލުން ހއ.އުލިގަމުގައި ދަނޑުވެރިކަން ކުރުމަށް އެދޭ ފަރާތްތަކަށް ދަނޑުބިން ދޫކުރުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރުމަށް މި ކައުންސިލުން ނިންމަމެވެ.

       އެގޮތުން 2025 މެއި 5 ވާ ހޯމަ ދުވަހުގެ 13:30 ނިޔަލަށް އާންމު ދަނޑުވެރިކަން ކުރުމަށް ދޫކުރާ ދަނޑުބިމަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަތުން ކުރިއަށްދާނެއެވެ. އަދި ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމަށް އެދޭ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައިގަތުން ދެން އޮންނާނީ 2025 މެއި 5 ވާ ހޯމަ ދުވަހުގެ 13:30 ގައި އުލިގަމު ކައުންސިލްގެ މީޓިންގރޫމްގައެވެ.

       މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އެޕްރީލް 2025
ހޯދާ