ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ދެކުނުގެ އިޖުތިމާޢީ ސަރަޙަދުތައް ކުނިކަހާ ނޮޅާ ސާފުކޮށްދޭނެ ފަރާތްތައް ހޯދުމަށް.

ހއ.ބާރަށު އިޖުތިމާޢީ ސަރަޙައްދުތައް (ރަށުގެ އުތުރާއި، ދެކުނު ވަކިން) 01 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ނޮޅާ ސާފުކޮށްދޭނެ ފަރާތްތައް ހޯދުމަށް  މި އިދާރާގެ ނަމްބަރު  (IUL)257/257/2024/48 ( 29 ޖުލައި 2024 ) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

             އެ އިއުލާނާއި ގުޅިގެން ރަށުގެ ދެކުނުގެ އިޖްތިމާއީ ސަރަހައްދުތައް ކުނިކެހުމަށް ކުރިމަތިލެއްވި ބައެއް ފަރާތްތަކުން އެކި އެކި ސަބަބު ތަކާއި ހުރެ ކުނިކެހުމުގައި ބައިވެރިވަމުން ނުދާތީ، ރަށުގެ ދެކުނު އިޖުތިމާއި ސަރަހައްދުތައް ކުނިކެހުމަށް އަންހެން ކަނބަލުން ހޯދަން ބޭނުންވެއްޖެއެވެ. އަދި ހުޅުވާލާ މި ފުރުޞަތުގައި ބައިވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ މުއްދަތަކީ 01 މެއި 2025 ން 01 ސެޕްޓެންބަރު 2025 ގެ ނިޔަލަށެވެ.

 

              ވީމާ، މި މަސައްކަތް ކުރުމަށް ބައިވެރިވާން ބޭނުންފުޅުވާ އަންހެންކަނބަލުން 30 އޭޕްރީލް  2025 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވާންއެދޭ ފޯމާއި މަސައްކަތާއިގުޅޭ މަޢުލޫމާތު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

             

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                          

              26 ޝައްވާލް  1446

23 އެޕްރީލް 2025
ހޯދާ