ދިވެހިރާއްޖެ
އިޢުލާން
02 ނަންބަރު މަސްގޮޅި ކުއްޔަށް ދޫކުރުމާ ގުޅޭ
މުލަކަތޮޅު ދިއްގަރު އިރުމަތީ ފަރާތުން މަސްކައްކާ ހިއްކުމުގެ މަސައްކަތައް ކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން 2 ނަމްބަރު މަސްގޮޅި (މެދުގޮޅި) ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
30 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިންhttps://forms.fillout.com/t/cMPENEBAQxus މެދުވެރިކޮށް ރަޖިސްޓްރީ ކުރުން |
މައުލޫމާތު ސާފުކުރުން |
މިބީލަމާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ބީލަން ހުށަހެޅުން |
06 މެއި 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި (ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.) |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ ތެރެއިން ބީލަން ހުށަހެޅުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.