ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޭ ބްލޮކާއި ސީބްލޮކުގެ އިރުމަތީ ބިތުގައިހުރި ކުޑަދޮރުތައް ނައްޓައި އެތަންބެއްދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
އޭ ބްލޮކާއި ސީބްލޮކުގެ އިރުމަތީ ބިތުގައިހުރި ކުޑަދޮރުތައް ނައްޓައި އެތަންބެއްދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މިސްކޫލުގެ އޭ ބްލޮކާއި ސީބްލޮކުގެ އިތުމަތީ ބިތުގައިހުރި ކުޑަދޮރުތައް ނައްޓައި އެތަންބެއްދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ނަންބަރު (IUL)RS/1/2025/46 (10 އޭޕްރިލް 2025) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ،އެބިޑް ބާތިލްކޮށް އަލުން ބިޑްހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެހެންދި ސްކޫލުގެ އޭ ބްލޮކާއި ސީބްލޮކުގެ އިރުމަތީ ބިތުގައިހުރި ކުޑަދޮރުތައް ނައްޓައި އެތަންބެއްދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 އޭޕްރިލް 24 ން 2025 އޭޕްރިލް 30 ވާބުދަ ދުވަހުގެ 14:00 ގެ ކުރިން އިއުލާން ގައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ލިންކް މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބިޑް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މެއި 2 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2025 މެއި 06 ވާ އަންގާރަ ދުވަހުގެ 10:30 ގައި ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
- އިއުލާނާއި އެކު މިމަސައްކަތުގެ ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރެހެންދި ސްކޫލް ފައިސާއާބެހޭބައި
ފޯން: 3359902، 3359900
އީ-މެއިލް: [email protected]
ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯރމް ލިންކް : https://forms.gle/vLmip4vWbMkZF1aE8
24 އޭޕްރިލް 2025
24 އެޕްރީލް 2025
ހޯދާ