މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ އުތުރުފަރާތު ނެރުފައިކަށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ތުލުސްދޫ އުތުރުފަރާތު ނެރުފައިކަށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 09 ފެބްރުއަރީ 2025 ވަނަ ދުވަހު ކުރެވުނު އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން އިއުލާންކުރީމެވެ.

މިއިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ކުރެހުމާއި މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް ތުލުސްދޫ އުތުރުފަރާތު ނެރުފައިކަށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 އޭޕްރިލް 30 ވަނަ ދުވަހު 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2025 އޭޕްރިލް 30 ވަނަ ދުވަހު 10:15 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 މެއި 05 ވަނަ ދުވަހު 13:00އަށް އަގުހުށައެޅުއްވުންއެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

ލިންކް: https://forms.gle/kSphbGUZ4wpny5uz6

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 އެޕްރީލް 2025
ހޯދާ