ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފަރެސްމާތޮޑާގެ އެކި ސަރަޙައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުން:

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ.ފަރެސްމާތޮޑާގެ އެކި ސަރަޙައްދުތަކުގައި ސެކިއުރިޓީ ކެމެރާ އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 މޭ 05 ވަނަދުވަހުގެ 13:00 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް [email protected]  މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި މަސައްކަތައް ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

-     މިބީލަމާއި ގުޅޭ ބިޑް ފޮތް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

-     މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މޭ 04 ވަނަދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

-     މި ބީލަމުގެ ޕްރީ ބިޑް މީޓިން ބެއްވުމަށް ހަމަޖެހިފައި ވަނީ 2025 މޭ 05 ވަނަދުވަހުގެ 13:30ގައި މި ކައުންސިލްގެ އިދާރާގައެވެ.

-     ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 މޭ 11 ވާ އާދީއްތަ ދުވަހު 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

-     އީމެއިލް: [email protected]

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އެޕްރީލް 2025
ހޯދާ