ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

  1. ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީގެ ލޯގޯ ފަރުމާކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މި ޕްރޮޕޯސަލްގައި ރަޖިސްޓްރީ ކުރުމަށް ‏2025‏ އޭޕްރިލް‏ 23 އިން ‏2025‏ އޭޕްރިލް‏ 28 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ނުވަތަ 6500285 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ޕްރޮޕޯޝަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޕޯސަލްއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏2025‏ އޭޕްރިލް‏ 27‏ ވާ އާދީއްތަ ދުވަހުގެ ކުރިން މި އިޢުލާންގެ 3 ވަނަ ނަންބަރުގައިވާ މެއިލް އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ލޯގޯ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ‏2025‏ މެއި‏ 04‏ ވާ އާދީއްތަ ދުވަހުގެ 11:15 ގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމް ގައެވެ.
  6. މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

ނަޝީދާ ޢަބުދުﷲ

 އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބް ރައީސާ

ހއ. އިހަވަންދޫ، ދިވެހިރާއްޖެ

ފޯން:  9126464

އީ-މެއިލް: [email protected]

23 އެޕްރީލް 2025
ހޯދާ