މަޤާމު
|
ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
01 ( އެކެއް)
|
މަޤާމްގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އީ.އެކްސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
ޑިވިޝަން / ސެކްޝަން
|
ފެސިލިޓީ މެނޭޖްމަންޓް ޑިޕާޓްމަންޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހުޅުމާލެ ހޮސްޕިޓަލް
|
މުސާރަ:
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
ޓެކްނިކަލް ކޯ އެލަވަންސް:
|
މަހަކު 2473.80 ރުފިޔާ (މުސާރައިގެ %28)
|
އިތުރު އިނާޔަތްތައް
|
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
3. ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
|
މަޤާމުގެ މަޤްޞަދު:
|
ހޮސްޕިޓަލުގެ ފެސިލިޓީ މެނޭޖްމަންޓް ޑިޕާޓްމަންޓަށް ސްޓްރެޓީޖިކް ލީޑަރޝިޕް ފޯރުކޮށްދިނުމާއި، ހުރިހާ ފިޒިކަލް އެސެޓްތަކާއި، ޔުޓިލިޓީތަކާއި، ހޮސްޕިޓަލުގެ އިންފްރާސްޓްރަކްޗަރ އަދި ސަޕޯޓް ޚިދުމަތްތައް ހަރުދަނާކަމާއި، ރައްކާތެރިކަމާއެކު، ބަލިމީހުންނަށް ފަރުވާދިނުމުގެ ލަނޑުދަނޑިތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާކަން ކަށަވަރުކުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ހޮސްޕިޓަލުގެ ފެސިލިޓީ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން
- ފެސިލިޓީ މެނޭޖްމަންޓްގެ ދަށުގައި ހިމެނޭ ޑިވިޜަން ތައް ބެލެހެއްޓުމާއިގުޅޭ މަސައްކަތްތައް ކުރަމަށް ޕްލޭތަކާއި އެސް.އޯ.ޕީތައް ހަދައި، އެސް.އޯ.ޕީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މުވައްޒަފުން އެސް.އޯ.ޕީއަށް އަހުލުވެރިކުރުވާ، ޑިވިޜަންތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
- ފެސިލިޓީ މެނޭޖްމަންޓްގެ ދަށުގައި ހިމެނޭ ޑިވިޜަން ތަކުގެ މަސައްކަތްތައް ކަނޑައެޅިފައިވާ މިންގަނޑުތަކާ ސްޓޭންޑަޑްތަކާ އެއްގޮތަށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެ މަސައްކަތްތައް ހަވާލުކުރެވިފައިވާ ސެކްޝަން ސުޕަރވައިޒަރ ލައްވާ ކުރުވުން.
- ފެސިލިޓީ މެނޭޖްމަންޓްގެ ދަށުގައި ހިމެނޭ ޑިވިޜަން ތަކުގެ މަސައްކަތްތައް ކުރަމަށް ބޭނުންވާ އަހަރީޕްލޭންތައް ހަދައި އެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިންގަމުން ގެންދާ ސެންޓަރ/ކުލިނިކް ތަކުގައި ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ (ފޮޅާ ސާފުކުރުން، ސެކިއުރިޓީ، ޕެސްޓް ކޮންޓްރޯލް ފަދަ ޚިދުމަތްތައް) ދޭ ފަރާތްތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، އެމަސައްކަތް ހަވާލުކުރެވިފައިވާ ސުޕަވައިޒަރ ލައްވާ އެ މަސައްކަތްތައް ކުރުވުން.
- ޑިވިޜަންތަކުގައި ކޮންޓްރެކްޓް އުސޫލުން ކުރަމުންދާ މަސައްކަތްތައް އަދި ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ޑިޕާޓްމަންޓް ކުރިއެރުވުމަށް ހަދަންޖެހޭ ޕްލޭންތައް އެޗް.އޯ.ޑީ ގެ ލަފާގެ މަތިން ހަދާ، އެ ޕްލޭންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި އެ މަސައްކަތަކާއި ހަވާލުވެފައިވާ މުވައްޒަފުން ލައްވާ ކުރުވުން.
- ފެސިލިޓީ މެނޭޖްމަންޓްގެ ދަށުން ކުރަމުންދާ މަސައްކަތްތަކާ (ފޮޅާ ސާފުކުރުން، ސެކިއުރިޓީ އަދި ލިފްޓް މެއިންޓަނަންސް) ގުޅޭގޮތުން ހެދިފައިވާ އެއްބަސްވުންތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ބަލަހައްޓައި، އެގްރީމަންޓުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން - ކޮންޓްރެކްޓަރ ނުވަތަ ވެންޑރގެ މަސައްކަތް މޮނިޓަރ ކުރުން، އެއްބަސްވުންތަކުގެ މުއްދަތު ހަމަވިޔަނުދީ އައުކުރުމަށް ޕްރޮކިޔުމަންޓާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ފެސިލިޓީ މެނޭޖްމަންޓްގެ ދަށުގައި ހިމެނޭ ޑިވިޜަން ތަކުގެ ސުޕަވައިޒަރުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ މަސައްކަތުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ސުޕަވައިޒަރުންގެ ޒިންމާ ފުރިހަމައަށް އަދާކުރަމުންދާކަން ކަށަވަރުކުރުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިންގަމުން ގެންދާ ސެންޓަރ/ ކުކިނިކްތައް ފޮޅާ ސާފުކުރުން، ސެކިއުރިޓީ ބެލެހެއްޓުން ލިފްޓް މެއިންޓަނެންސް ކުރުމަށް ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ކުލިތައް ދެއްކުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޤަވާއިދުންކޮށް، ކުލިތައް ދައްކަންޖެހޭ މުއްދަތަށް ދެއްކޭކަން ކަށަވަރުކުރުން.
- ހޮސްޕިޓަލުގެ ޑިޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ބެހެލެއްޓުމާއި، އެތަންތަނަށް ވަދެވޭނެ މުވައްޒަފުންނަށް އެ ހުއްދަ ދިނުމަށް ކުރަންޖެހޭ ކަންކަން އެ ޑިޕާޓްމަންޓަކާއި، ސެކިއުރިޓީ ހިދުމަތް ފޯރުކޮށްދޭ ފަރާތާއި ގުޅިގެން ކުރުން.
- ސެކިއުރިޓީ ބެލެހެއްޓުމުގައި ޕޮލިހުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގައި ހޮސްޕިޓަލުގެ ފަރާތުން ކުރަންޖެހޭ މަސައްކަތް ގަވާއިދުން ކުރަމުން ދިއުން.
- ފެސިލިޓީ މެނޭޖްމަންޓްގެ ދަށުގައި ހިމެނޭ ޑިވިޜަން ތަކުގައި މަސައްކަތް ކުރާ ސްޕަވައިޒަރުން މަސައްކަތްތައް ކުރަމުންދާ މިންވަރާއި ފެންވަރުބަލުމާއި، ރަސްމީ ޑިއުޓީގަޔާއި، އޯވަޓައިމްގައި ކުރާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި ހާޒިރީއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުން
- ހޮސްޕިޓަލުން ހިދުމަތްދެމުންގެންދާ އިމާރާތްތަކުގެ ރިޕެއަރ އަދި މެއިންޓަނެންސްގެ މަސައްކަތްތައް އެދާއިރާއަކަށް ކަނޑައަޅާފައިވާ ސުޕަވައިޒަރުލައްވާ ރާވާ ހިންގާ ބެލެހެއްޓުން
- ޑިވިޜަންގެ އެކިއެކި މަސައްކަތްތަކަށް ނެގޭ ޕެޓީ ކޭޝް އެޗް.އޯ.ޑީގެ އިރުޝާދާއެކު ބަލަހައްޓައި، ޕެޓީ ކޭޝް ރިކުއެސްޓްތަކުގެ ބިލުތައް ގަވާއިދުން ހޯދައި ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުން.
- ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ރާވާ ހިންގުމާއި އަހަރީ ބަޖެޓް އެކުލަވާލުމަށް ޑިރެކްޓަރ ޖެނެރަލްގެ އިރުޝާދާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުން އަދި ބަޖެޓުގައި ހިމަނާ ތަކެތި ޑިޕާޓްމަންޓަށް ހޯދަންޖެހޭ ތަކެތި ހޯދާ ބެލެހެއްޓުމުގެ މަސައްކަތް ސުޕަވައިޒަފުން ލައްވާކުރުވުން.
- ިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ރާވާ ހިންގުމާއި އަހަރީ ބަޖެޓް އެކުލަވާލުމަށް ޑިރެކްޓަރ ޖެނެރަލްގެ އިރުޝާދާއެކު އަހަރީ ބަޖެޓް ހަދައި ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުން
- ސުޕަވައިޒަރުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ ފަންނީ އެހީ ފޯރުކޮށްދިނުމާއި، ކުރެވޭ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެހެނިހެން ދާއިރާތަކާއި ވިލަރެސްކުރުން.
- ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ޗުއްޓީ ޕްލޭން އެކުލަވާލާ، ޗުއްޓީ އެޕްރޫވްކޮސް، އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
- ފެސިލިޓީ މެނޭޖްމަންޓްގެ ދަށުގައި ހިމެނޭ ޑިވިޜަން ތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޑިޕާޓްމަންޓް ކުރިއެރުވުމަށް ކުރަންޖެހޭ ޕްލޭންތައްކޮށް އެކަންކަމަށް މެނޭޖްމަންޓުގެ ރުހުންހޯދައި ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުވުން.
- ހޮސްޕިޓަލުގެ ސްޓެރެޓެޖިން އެކްޝަން ޕްލޭނާއި އެއްގޮތަށް ފެސިލިޓީ މެނޭޖްމަންޓް ޑިޕާ
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތައް ކުރުން.
|
މަޤާމުގެ ޝަރުތު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ތަޢުލީމީ ރޮނގުތައް
އެޑްމިނިސްޓްރޭޝަން
ބިޒްނަސް އެޑްމިނިސްޓްރޭޝަން
ބިޒްނަސް މެނޭޖްމަންޓް
މެނޭޖްމަންޓް
ޕަބްލިކް އެޑްމިނިސްޓްރޭޝަން
ހިއުމަން ރިސޯސް
ފައިނޭންސް
|
ގުޅޭ ވަޒީފާގެ ދާއިރާ
|
މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް ، ފައިނޭންސް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 މެއި 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|